ads
ސ. ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްގީ ކުރާ ސަރަހައްދު ----
ހުޅުމީދޫ މިފްކޯ ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި
ސ. ހުޅުމީދޫ މިފްކޯ ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

ޕްލޭނިންގް މިނިސްޓްރީން އެމްޓީސީސީ އާއި ހަވާލުކޮށްފައިވާ މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ އަމަލީ މަސައްކަތް ފެށުމަށް މިއަދު ވަނީ ހުޅުމީދޫގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

މި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް، މިފްކޯގެ މެނޭޖިންގް ޑިރެކްޓަރު އިސްމާއިލް ފައުޒީ އަދި ރައްޔިތުން މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ބައިވެރިވެވަޑައި ގެންނެވި އެވެ.

މިއަދު ފެށި ހުޅުމީދޫ މިފްކޯ ބަނދަރު ހެދުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 471،380 ކިއުބިކް މީޓަރު ސަރަހައްދެއްގައި ބަނދަރު ފުން ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ. މީގެ އިތުރުން 1788 ކިއުބިކް މީޓަރު ސަރަހައްދެއްގެ ބިން ހިއްކުމުގެ މަސައްކަތް އަދި 97 މީޓަރު ސަރަހައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ކުރާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

ޕްލޭނިންގް މިނިސްޓްރީން އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މި މަސައްކަތަކީ 68.80 މިލިއަން ރުފިޔާގެ މަސައްކަތެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް