ads
ކުރީގެ ނައީބް ރައީސް ޖަމީލް- ފޮޓޯ: އަވަސް
ލާމަރުކަޒީ ނިޒާމް ނައްތާލަން އެމްޑީޕީން ފާޅުގައި މަސައްކަތްކުރި: ޑރ ޖަމީލް
ލާމަރުލަޒީ ނިޒާމު ނައްތާލަން އެމްޑީޕީން ފާޅުގައި މަސައްކަތް ކުރިކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ތުހުމަތު ކުރައްވައިފިއެވެ.

ޑރ. ޖަމީލް ވިދާޅުވީ، ލާމަރުކަޒީ ނިޒާމް ނައްތާލަން އެމްޑީޕީން ފާޅުގައި މަސައްކަތްކުރި ކަމަށާއި، އެގޮތުން ޕްރޮވިންސްތައް އުފައްދައި އެތައް ފަށަލައެއްގައި ރައްޔިތުން ތާށިކުރުވި ކަމަށެވެ. އަދި އަތޮޅު ތަކުގެ އެކައުންޓްތަކުން ފައިސާ ދަމައިގަތް ކަމަށްވެސް ޖަމީލް ވަނީ ތުހުމަތު ކުރައްވާފައެވެ.

މީގެއިތުރުން ޖަމީލް ވަނީ މިސަރުކާރަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ޖަމީލް ވިދާޅުވީ، 3 ދައުރުވީއިރު މާލެ އާއި އަތޮޅުތެރޭގެ ރައްޔިތުންނަށް ފެނުނީ އެމްޑީޕީން ތަރައްގީގެ ނަމުގައި ސަކަރާތްޖަހާތަން ކަމަށެވެ. މިހެން ފާހަގަކުރައްވާ ޖަމީލް ހިއްސާކުރެއްވީ ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމަށްގަހު އައްޑޫސިޓީގައި ހިނގި ސަރުކާރުގެ ވުޒާރާތަކުގައި ހުޅުޖެހުމުގެ ހާދިސާގެ ފޮޓޯތަކެކެވެ. 

ޖަމީލް މިހެން ވިދާޅުވިއިރު، ކުރިއައް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ވާދަވެރިކަން އިތުރުވެ، އިދިކޮޅު ޕީޕީއެމްއަކީ، ލޯކަލް ގަވާނިން ނިޒާމު ނުދަންނަ ޕާޓީއެއްކަމަށް އެމްޑީޕީން އަންނަނީ ތުހުމަތު ކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް