ads
ރަޝިޔާގެ ރައީސް ޕޫޓިން
ރަޝިޔާގެ އެންމެ ސެކްސީ މީހަކަށް ޕޫޓިން ހޮވިއްޖެ
ރަޝިޔާގެ އެންމެ ސެކްސީ މީހަކަށް އެގައުމުގެ ރައީސް ލަޑީމިއާ ޕޫޓިން ހޮވިވަޑައިގެންފިއެވެ.

އެމަނުކުފާނަށް މި މަގާމު ލިބިވަޑައިގަތީ ރަޝިޔަގައި 2000 މީހުން ބައިވެރިކޮށްގެން ހެދި ސާވާއެއްގައެވެ. 

އެގޮތުން އެ ގައުމުގެ 18 ޕަސަންޓު ފިރިހެނުންނާއި 17 ޕަސަންޓު އަންހެނުން ޕޫޓިން ސެކްސީކަމަށް ދެކޭކަމަށް ސާވޭއިން ވަނީ ހާމަވެފައެވެ. 

އެ ސާވޭގައި ބޭނުންކޮށްފައިވަނީ ޕޫޓިން އަހެއް މަތީގައި ހުސްގަޔާ އިންނަވާ ފޮޓޯ އަކާއި، ހުސްގަޔާ މަސް ބާނަވަން ހުންނަވާ ފޮޓޯއެކެވެ. 

ޕޫޓިން އަކީ ރަޝިޔާގެ ސިޔާސީ ލީޑަރެކެވެ. ޔުނައިޓެޑް ރަޝާ ޕާޓިގެ ލީޑަރެވެ. އަދި 7 މޭއި 2012 އިން ފެށިގެން ރޫސީވިލާތުގެ ރައީސެވެ. ޕޫޓިން ކުރީގައިވެސް ރޫސީވިލާތުގެ ރައީސްކަން 1999 އިން 2008 އަށް ކުރައްވާފައިވެއެވެ. އަދި ރޫސީވިލާތުގެ ބޮޑުވަޒީރު ގެ މަޤާމް 1999 އިން 2000 އަށް އަދި 2008 އިން 2012 އަށް ފުރުއްވާފައިވެއެވެ.

your imageޕޫޓިން އަހެއްގައި

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް