ads
ފޮޓޯ ޖަމާލުއްދީން ސްކޫލް: -
ސްކޫލުތައް ހުޅުވައި ކިޔެވުން ކުރިއަށްގެންދާން ފަށައިފި
ކޮވިޑް 19 ގެ ހަލަތާއި ގުޅިގެން މީގެ 2 މަސް ދުވަސް ކުރިން ބަންދުކުރި ސްކޫލުތައް ހުޅުވައި އަލުން ކިޔަވައިދޭން ފަށައިފިއެވެ.

މިމަހުގެ އެއް ވަނަ ދުވަހުން ފެށިގެން ޕްރީސްކޫލުން ފެށިގެން ހުރިހާ ގްރޭޑަކަށް ކިޔަވައިދިނުމުގެ ހުއްދަ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ދީފައެވެ. ނަމަވެސް އެ ދުވަހަކީ ބުރާސްފަތި ދުވަހެއް ކަމުން ގިނަ ސްކޫލުތަކުގައި ކިޔަވައެއް ނުދެއެވެ. 

އެ މިނިސްޓްރީން މިދިޔަ  ކުރި އިއުލާނެއްގައި ބުނެފައިވަނީ އޭޕްރީލް އެކަކުން ފެށިގެން މާލޭ ސަރަހައްދުގެ ސްކޫލްތަކުގެ އެލް.ކޭ.ޖީ އިން ފެށިގެން މަތީ ގްރޭޑްތަކުގެ ކިޔެވުން ކުރިއަށް ގެންދެވޭނީ ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން ކަމަށެވެ.

ގުރޭޑް 7 އިން ފެށިގެން މަތީގެ ގުރޭޑްތަކުގައި ކިޔަވަމުން އަންނަ ކުދިން، ސުކޫލަށް ގެންގޮސްގެން ކިޔަވާ ދޭން އެޑިއުކޭޝަނުން މިނިސްޓްރީން ނިންމައިފިވަނީ މާޗްމަހުގެ 11 ވަނަ ދުވަހުގަ އެވެ.

your imageފޮޓޯ ތާޖުއްދީން ސްކޫލް

މާލޭ ސަރަހައްދުގެ ސްކޫލްތަކުގެ އެލް.ކޭ.ޖީ އިން ފެށިގެން ގްރޭޑް 9 އެއްގެ ކިޔެވުން އޮންލައިންކޮށް ގެންދިޔުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވަނީ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުގަ އެވެ. އެހެންނަމަވެސް، މިވަނީ ހާލަތަށް ބަލައި ބަދަލުތަކެއް ގެނެސްފަ އެވެ. 

މިއަހަރުގެ މެއި/ ޖޫންގައި ބޭއްވުމަށް ތަވާލުކުރި އޭލެވެލް އިމްތިހާނުގެ ތާރީހު ވެސް އަވަސް ކޮށްފައިވާކަމަށް އެޑިއުކޭޝަނުން ވަނީ ބުނެފައެވެ.

އެޑެކްސެލްއިން މިއަހަރުގެ އޭލެވެލް އިމްތިހާނުގެ ޓައިމް ޓޭބަލް އާންމުކޮށްފައިވާއިރު އޭގައިވާ ގޮތުން އެންމެ ފުރަތަމަ އިމްތިހާނު އޮތީ 26 އޭޕްރީލްގަ އެވެ.  

ސްކޫލުތައް އަލުން ހުޅުވަން ނިންމާފައިވާއިރު ރާއްޖޭގައި ވަނީ ކޮވިޑް 19 ވެކްސިންގެ ދެ ވަނަ ޑޯޒް ވެސް ޖަހަން ފަށާފައެވެ. އަދި ކޮވިޑްގެ އަދަދުތައް އަންނަނީ ދަށްވަމުންނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް