ads
މިނިސްޓާ އިމްރާން އަބްދުﷲ: ފޮޓޯ ހޯމް މިނިސްޓްރީ
ކައުންސިލްތަކުން ފުލުހުންނަށް ދޭ އެއްބާރުލުމުގެ ބަދަލުގަ އަމާންކަން ލިބޭނެ: މިނިސްޓަރު
ކައުންސިލްތަކުން ފުލުހުންނަށް ދޭ އެއްބާރުލުމުން އަމާންކަން ލިބޭކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ އދ.އޮމަދޫ  ޕޮލިސް  ޕޯސްޓް  ހުޅުވުމުގެ  ރަސްމިއްޔާތުގައި މިއަދު ވާހަކަ ދައްކަވަމުންނެވެ.

"ލާމަރުކަޒީ އުސޫލުތައް ހަމަޖެހިގެންދާ ގޮތުން ކައުންސިލްތަކުން ފުލުހުންނަށްދެވޭ އެއްބާރުލުމަކީ ރަށުގެ ކުށުގެވެށި ހަމަޖެހި އަމާން ސުލުހަވެރި ވެށްޓަކަށް ވުމަށްޓަކައި ވަރަށް މުހިއްމުކަމެއް،" - އިމިނިސްޓަރު އިމްރާން އަބްދުﷲ-

އޮމަދުއަށް ކުރައްވާ މި ދަތުރުފުޅުގައި މިނިސްޓަރ  ޢިމްރާން  ޢަބްދުﷲ ވަނީ އދ.އޮމަދޫ  ކައުންސިލާއި ވެސް ބައްދަލުކުރައްވާފައެވެ. 

އޮމަދޫ  ޕޮލިސް ޕޯސްޓް  ހުޅުއްވައިދެއްވުމަށް  ވަޑައިގެން،  ކައުންސިލާ  ބައްދަލުކުރައްވާ  މިނިސްޓްރީގެ  ދާއިރާތަކުން  ކުރެވެން ހުރި ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ. 

your imageއދ އޮމަދޫ ޕޮލިސްޓޭޝަން ހުޅުވަނީ:-

ފުލުހުންގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭން ގެ ދަށުން ކޮމިއުނިޓީ ޕޮލިސް ތައާރަފް ކުރުމަށް ވެސް އަންނަނީ މަސައްކަތް ތަކެއް ކުރަމުންނެވެ. އެގޮތުން އެކި ރަށްރަށުގައި އެ ހިދުމަތްވެސް އަންނަނީ ތައާރަފްކުރަމުނެވެ. އެ ޕޮލިސީގެ ދަށުން ވެސް ރަށްރަށުގެ ރައްޔިތުންނާއި ގުޅިގެން މައްސަލަތައް ހައްލުކުރުމަށް އިސްކަން ދޭން ވަނީ ނިންމާފައެވެ. 

މާފަންނު ޕޮލިސް ސްޓޭޝަންގެ އިމާރާތް ވަނީ މިމަހު މިނިސްޓަރު އިމްރާން ހުޅުވާދެއްވާފައެެވެ. 

އެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދެއްކެވި ވާހަކަފުޅުގައި، އިންސާނީ މުޖުތަމައުއެއްގެ ތެރޭގައި ހަމަޖެހުމާއި މަސްލަހަތު ގާއިމްކޮށް، ސަލަމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެބައެއްގެ މެދުގައި އުފެދިފައި އޮންނަ މުއައްސަސާއަކީ އަބަދުވެސް އެންމެ ލޮބުވެތި އެންމެ ޝަރަފްވެރި، ގަދަރާއި އިހުތިރާމް ލިބިގެންވާ މުއައްސަސާއެއްކަމަށް ވިދާޅުވިއެވެ.

"ދިވެހިރާއްޖޭގައި އެޒިންމާ ފުލުހުން އަދާކުރަމުންދާތާ 88 އަހަރު ވެގެންދާއިރު، މި ހިދުމަތް އިތުރަށް ފުޅާކޮށް ތަރައްގީކޮށް ހަރުދަނާކުރުމަށް ދުވަހުން މަސައްކަތްކުރަމުން އައިސް، މިއަހަރު ބައްދަލުކުރީ އުފާވެރި މުނާސަބަތުތަކާއެކު ކަމަށްވިދާޅުވިއެވެ. އެގޮތުން ފުލުހުންގެ ހިދުމަތުގެ ގާނޫނު އަލަށް ވުޖޫދުކުރެވި އަމަލުކުރެވިގެންދިއުމަކީ ފުލުހުންނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމަކާއި ހިތްހަމަޖެހުމެއްކަމަށާއި ފުލުހުންގެ މަސައްކަތަށް މަގުދައްކައިދޭ ފުލުހުންގެ ދުރު، ދިގު ރާސްތާއަށް އަލިކޮށްދޭ ބައްތިއެއް،"

މިދިޔަ ޑިސެމްބަރު މަހު ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލު ވެސް ރައީސް ސާލިހު ވަނީ ތަސްދީގު ކުރައްވާފައެވެ. 

އެ ގާނޫނު ތަސްދީގުކޮށް ގެޒެޓުކުރާތާ ތިން މަސް ފަހުން އެއަށް އަމަލު ކުރާ ގޮތަށެވެ. ތިން މަސް ފުރިގެން އަމަލުކުރަން ފެށީ މިދިޔަ މާޗު މަހުގައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް