ads
ކެމްޕެއިންގެ ތެރެއިން
އިދިކޮޅުން ދޮރުން ދޮރަށް ހިންގަން ފަށައިފި
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގެ ކެމްޕެއިންގެ ދަށުން އިދިކޮޅު ކޯލިޝަނުން ދޮރުން ދޮރަށް ހިގަން ފަށައިފި އެެވެ.

މިއަދު 15:45ގައި މި ހަރަކާތް ފަށާފަައިވަނީ "މީ މަގޭ ރާއްޖެ" ކެމްޕެއިންގެ ނަމުގައެވެ. މާލޭގައި ދޮރުން ދޮރަށް އިދިކޮޅުން ހިނގަން ފަށާފައިވާއިރު، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދް އާއި، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ. 

މީގެ އިތުރުންވެސް ކޯލިޝަންގެ އިސް ބައެއް ބޭފުޅުންނާއި ކެމްޕެއިން ޓީމުގެ އިސްވެރިން މި ހަރަކާތުގައި ދަނީ ބައިވެެރިވަމުންނެވެ. 

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގެ ކެމްޕެއިންގެ ދަށުން ދޮރަށް ރަސްމީކޮށް ހިނގަން މިއަދު ފަށާފައިވާއިރު، މިއީ މިފަދަ ގޮތަކަށް މި ކެމްޕެއިން ރަސްމީކޮށް އިދިކޮޅުން ކުރިއަށް ގެންދާ ފުރަތަމަ ފަހަރެވެ. 

"ރަށްވެހި ފަތިސް"ގެ ނަމުގައި ސަރުކާރުގެ ފަރާތުންވެސް ކެމްޕެއިންތައް ފަށާ ދޭތެރެ ދޭތެރެއިން ދަނީ ދޮރުން ދޮރަށް ހިނގަމުންނެވެ.

މި އިންތިހާބު ބޭއްވުމަށް ހަމަޖައްސާފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ. 

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް