ads
ޑރ. މުއިއްޒު އަދި ޑރ. ހައިދަރު
ކުރީގެ ހައުސިން މިނިސްޓަރު ހައިދަރުގެ ތާއީދު ވެސް ޑރ. މުއިއްޒަށް
ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ މޭޔަރުކަމަށް އެންމެ ގާބިލް ބޭފުޅަކީ ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒު ކަމަށް ކުރީގެ ހައުސިން މިނިސްޓަރުކަން ކުރައްވާފައިވާ ޑރ. އަލީ ހައިދަރު އަހްމަދު ވިދާޅުވެ މުއިއްޒަށް ތާއިދު ކުރައްވައިފި އެވެ

ޑރ. ހައިދަރު ވިދާޅުވީ، ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ މޭޔަރުކަމަށް ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އެ މަގާމަށް އެންމެ ގާބިލު ބޭފުޅަކީ ޑރ. މުއިއްޒު ކަމަށެވެ

އަދި، ޑރ. މުއިއްޒަކީ ތަޖުރިބާކާރު ބޭފުޅެއް ކަމަށާއި،  މާލޭ ރައްޔިތުން އެދޭ ފަދަ ތަރައްގީއެއް ގެނެސްދެވޭނެ ބޭފުޅަކީ ޑރ. މުއިއްޒު ކަމުގައި ދެކިވަޑައިގަންނަވާ ކަމަށެވެ. 

ޑރ. މުއިއްޒު ވަނީ އެކަމަށްޓަކައި ޑރ. ހައިދަރަށް ޝުކުރު އަދާކުރައްވާފަ އެވެ..

ޑރ. ހައިދަރަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގެ ފަހު ދައުރުގައި ހައުސިން މިނިސްޓަރު ކަން ކުރައްވާފައިވާ ބޭފުޅެކެވެ.

މި އިންތިހާބުގައި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި އާއި ގައުމީ ޓީމުގެ ފޯވާޑް އަދި ވެލެންސިއާގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ)ވެސް ވަނީ ޑރ. މުއިއްޒަށް ތާއީދު ކުރައްވާކަން ހާމަކުރައްވާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް