ads
އެމްޓީޔޫގެ ނައިބުރައީސް ސައުދުﷲ
ވައުދުތައް ފުރިހަމަ ކުރުމަށް ދެ ދައުރު ބޭނުންވޭ: ސައުދުﷲ
ވައުދުތައް ފުރިހަމަ ކުރުމަށްޓަކައި ދެ ދައުރު ބޭނުންވާ ކަމަށް މޯލްޑިވްސް ޓްރޭޑް ޔޫނިއަންގެ ނައިބު ރައީސް ސައުދުﷲ ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެފައިވާ ވައުދުތައް މި ދައުރުގެ ތެރޭގައި ނިންމާނެ ކަމުގެ ޔަގީންކަން އޮތް ކަމަށާއި، ހަގީގަތުގައި އެންމެ އެދެވޭ ގޮތުގައި ވައުދުތަށް ފުރިހަމަ ކުރުމަށް ދެ ދައުރު ބޭނުންވާ ކަމަށް ސައުދުﷲ ވިދާޅުވިއެވެ.

މިއީ އާންމު ގޮތެއްގައި ހުރިހާ ގައުމު ތަކެއްގައިވެސް ކަން ކުރަމުން އަންނަ އުސޫލު ކަމަށާއި، އެމެރިކާ، އިންޑިއާ އަދި ސްރީލަންކާގައި ވެސް އާންމު ގޮތެއްގައި ކަންކުރަނީ މި އުސޫލުން ކަމަށް އެބޭފުޅާ ވިދާޅުވިއެވެ. 

އެގޮތުން ރައީސް ޔާމީނުގެ ވެރި ކަމުގައި އެބޭފުޅާވެސް މަސައްކަތް ކުރެއްވީ ވައުދުތައް ފުރިހަމަ ކުރެއްވުމަށް ކަމަށާއި، ނަމަވެސް ފުރަތަމަ ދައުރު ނިމެންވެފައި ހުއްޓާ ފަށާ މަޝްރޫއުތައް އެ ދައުރުގެ ތެރޭގައި ނުނިންމޭނެ ކަން އެބޭފުޅާ ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ދެވަނަ ދައުރުގައި އެހެން ބަޔަކަށް ވެރިކަން ލިބިއްޖެ ނަމަ މިސްރާބު އެހެން ދިމާލަކަށް ބަދަލުވެ، ފަށާފައިވާ މަޝްރޫއުތަށް އެކަށޭނަ މުއްދަތުގެ ތެރޭގައި ނުނިމޭނެ ކަމަށް ސީއެންއެމްގެ "އިތުރު ކާފު" ޕްރޮގްރާމުގައި އެބޭފުޅާ ވިދާޅުވިއެވެ. 

އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ވާހަކަ ދައްކަމުން ސައުދުﷲ ވިދާޅުވީ ދިވެހިރާއްޖޭގައި ކަންތައް އޮންނަ ގޮތަށް ބަލައި، ކަމެއް ކޮށްދެވޭނީ ސަރުކާރުގައި އޮންނަ ބަޔަކަށް ކަމަށާއި، އިދިކޮޅު ފަރާތްތަކަށް ކަމެއް ކޮށްދިނުމުގެ ފުރުސަތު ނޯންނާނެ ކަމަށާއި، ނުވެސް ކޮށްދޭނެ ކަމަށެވެ. 

އިދިކޮޅުން މަސައްކަތް ކުރާ ވިސްނުން ތަފާތު ވެފައި، ބޭނުންވާނީ ސަރުކާރުގެ އަގު ވައްޓާލަން ކަމަށާއި، އެހެންކަމުން ހަގީގަތުގައި އިދިކޮޅުން ނިކުންނަ ކެންޑިޑޭޓަކަށް ކަމެއް ނުކޮށްދެވޭނެ ކަމަށް ސައުދުﷲ ވިދާޅުވިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް