ads
އެލްޖީގެ ސްމާޓް ފޯންއެއް
އެލްޖީ އިން ސްމާޓްފޯން އެފުއްދުން ހުއްޓާލައިފި
އެލްޖީއިން މިއަދު ބުނެފައިވަނީ އެކުންފުނީގެ ސްމާޓްފޯން އުފެއްދުން މުޅިދުނިޔޭގައި ހުއްޓާލަން ނިންމާފައިވާ ކަމަށެވެ.

ސްމާޓްފޯންގެ ވިޔަފާރި ހުއްޓާލުމާއެކު އެކުންފުނިން ވަނީ މިހާރު ކުރިއަރަމުން އަންނަ އިލެކްޓްރިކް ވެހިކަލް އުފެއްދުމާއި ރޮބޮޓިކްސް އަދި އާޓިފިޝަލް އިންޓެލިޖެންސް އަށް އިސްކަންދޭނެ ކަމަށްވެސް ބުނެފައެވެ.

އުތުރު ކޮރެއާގެ އެކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުންފުނީގެ ބޯޑުން މިއަދު އެނިންމުން ގަަބޫލުކޮށް އެކަން ނިންމާފައިވާކަމަށެވެ.

އެލްޖީގެ ސްމާޓްފޯން ވިޔަފާރި ދަށަށް ދިޔުމުގެ ސަބަބުން އެކަމާއި މެދު ގޮތެއް ވިސްނަމުންދާކަމަށް ވެސް މިދިޔަ ޖަނަވަރީ މަހު ނެރުނު ބަޔާނެއްގައި އެކުންފުނިން ވަނީ ބުނެފައެވެ. 

ސްމާޓްފޯން ވިޔަފާރި ހުއްޓާލި ކަމުގައި ވީނަމަވެސް މިވަގުތު ހުރި ސްޓޮކް ހުސްވަންދެން ފޯނު ވިއްކާނެ ކަމަށްވެސް އެކުންފުނިން ބުނެއެވެ.

އަދި ކުރިން ވިއްކާފައިވާ ފޯނުތަކަށް ސަޕޯޓް ވަކި މުއްދަތަކަށް ލިބޭނެކަމަށް ވެސް އެކުންފުނިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް