ads
ދެވަނަ ޑޯޒް ޖައްސަވަނީ
ވެކްސިންގެ ދެވަނަ ޑޯޒް ރައީސް ސޯލިހް ޖައްސަވައިފި
ކޮވިޑް 19 އިން ދިފާއުވުމުގެ ގޮތުން ދެމުން އަންނަ ވެކްސިންގެ ދެވަނަ ޑޯޒު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ޖައްސަވައިފި އެވެ

މިކަން ހާމަކުރައްވާ ރައީސް ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކުރައްވާ ފޮޓޯއެއް ޓްވިޓާގައި ހިއްސާކުރައްވާފައެވެ. 

ރައީސް ސޯލިހް ވިދާޅުވީ ކޮވިޑުން  ރައްކާތެރިވުމަށް ކޮވީ ޝީލްޑްގެ ދެވަނަ ޑޯޒް އެމަނިކުފާނުވެސް މިއަދު ޖައްސަވައިފިން ކަމަަށާއި ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންގެ ތެރެއިން އަށް ހަފްތާ ވެފައިވާ ފަރާތްތަށް ވީހާވެސް އަވަހަށް ދެވަނަ ޑޯޒް ޖެއްސެވުމަށް އެދޭ ކަމަށެވެ. 

އަދި ފުރަތަަމަ ޑޯޒް ނުޖައްސަވާ ބޭފުޅުންވެސް ވީހާވެސް އަވަހަށް ފުރަތަމަ ޑޯޒްވެސް ޖެއްސެވުމަށް ރައީސް ވަނީ އިލްތިމާސްކޮށްފައެވެ. 

"އާ އުންމީދު" ހޭޝްޓެގާއިއެކު ރައީސް ކުރެއްވި މި ޓްވީޓްގައި އިތުރަށް ވިދާޅުވީ، އެންމެން ގުޅިގެން މި ބަލިމަޑުކަމުން އަރައިގަނެވޭނެ ކަމަށެވެ. 

ކޮވިޑް 19 އިން ދިފާއުވުމުގެ ގޮތުން ދެމުން އަންނަ ވެކްސިންގެ ދެވަނަ ޑޯޒު ޖައްސަވާ ރައީސް ސޯލިހް ވެކްސިންގެ ޑޯޒް ފުރިހަމަ ކުރެއްވިއިރު، ރާއްޖެއިން އެންމެ ފުރަތަމަ ވެކްސިން ޖެއްސެވި ބޭފުޅުންގެ ތެރޭގައި އެމަނިކުފާނު ހިމެނިވަޑައިގަންނަވައެވެ. އެގޮތުން އެމަނިކުފާނު ވެކްސިންގެ ފުރަތަަމަ ޑޯޒް ޖެއްސެވީ ވެކްސިން ޖަހަން ރަސްމީކޮށް ފެށި ދުވަސް ކަމަށްވާ ފެބްރުއަރީ  މަހުގެ 1 ވަނަ ދުވަހުއެެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް