ads
ފޮޓޯ--ހޯމް މިނިސްޓަރީ
އާގާނޫނުގައި އެންމެ ބޮޑު ފަލްސަފާއަކީ ހިދުމަތް ލާމަރުކަޒު ކުރުން: މިނިސްޓަރު އިމްރާން
ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނެގެ ދަށުން ގެނައުމަށް ވިސްނިފައިވާ އެންމެ ބޮޑު ބަދަލަކީ ފުލުހުންގެ ހިދުމަތް ލާމަރުކަޒީކޮށް ފޯރުކޮށްދިނުމުގެ ވިސްނުންކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުالله ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އެހެން ވިދާޅުވީ އއ.ތޮއްޑޫ ޕޮލިސް ޕޯސްޓް ހުޅުވުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ އެފަލްސަފާގެ ތެރެއިން ހިދުމަތް ފެށިގެން މިދަނީ ކޮންމެ ރައްޔިތަކަށްމެ, އެރައްޔިތަކު ހުރިތަނަކުން, ކޮންމެ ވިޔަފާރިއަކަށް އެވިޔަފާރިއެއް ހުރި ހިސާބަކުން, ކޮންމެ ދަނޑަކަށް އެދަނޑެއް އޮތް ބިމަކުން ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކަމަށެވެ. 

އަދި ރައްޔިތުންނާއި, ރައްޔިތުންގެ މުދަލަށް ރައްކާތެރިކަން ފޯރުކޮށްދިނުން ދައުލަތުގެ މައްޗަށް ލާޒިމްކޮށްފައިވުމުގެ ނަތީޖާއަކަށްވަނީ ހާއްސަކޮށް މިސަރުކާރުން އަތޮޅުތެރޭގައި ފުލުހުންގެ ހިދުމަތް ހަރުދަނާކުރުމަށް ބޮޑަތި މަސައްކަތްތަކެއްކޮށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

އެއީ އަތޮޅުތެރޭގައި ފުލުހުންގެ ހިދުމަތް ފުޅާކުރުމަށް ސަރުކާރުން އިސްކަންދެއްވާ މިންވަރު ހާމަކޮށްދޭކަމެއްކަމަށާއި އެމަޝްރޫއު ނިމިގެންދާއިރު ރައްޔިތުންނަށް އެރައްޔިތަކު ހުރި ރަށަކުން, ހިދުމަތް ކަށަވަރުވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ރައްޔިތުންގެ ސަލާމަތަށް, ރައްޔިތުންގެ އަމާންކަމަށް, ރައްޔިތުންގެ ޞުލުހައަށް ފުލުހުންގެ ފަރާތުން ލިބެންޖެހޭ ފުރިހަމަ ޚިދުމަތް ކައިރިން އަވަހަށް ލިބިގެންދާނެގޮތަށް ކަންކަން ބައްޓަންކުރެވިގެންދާނެކަމަށް" މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

ތޮއްޑޫއަށް އިޝާރާތްކުރައްވާ މިނިސްޓަރު ވިދާޅުވީ ގެސްޓްހައުސްގެ ވިޔަފާރީގެ ހިދުމަތް ފުޅާދާއިރާއެއްގައި ދޭ ރަށަކަށްވެފައި, ދަނޑުވެރިކަމުގެ މައި ރަށަކަށްވާއިރު ތޮއްޑޫގެ ދަނޑުވެރިކަމަށާއި, ޓޫރިޒަމްގެ ހިދުމަތަށް އަމާންކަމާއި, ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ސަރުކާރާއި, ހާއްސަކޮށް ފުލުހުންގެ މުއައްސަސާގެ މައްޗަށް އޮތް ވަރަށްބޮޑު ޒިންމާއެއްކަމަށެވެ. 

އެޒިންމާ ފުރިހަމަކުރުމަށް ކައުންސިލާ މުއައްސަސާތަކާ ގުޅިގެން ފުލުހުން ކުރި މަސައްކަތް ފާހަގަކުރަމުން މިނިސްޓަރު އިމްރާން ވަނީ ތަކުރާރުކޮށް ރަށުގެ ވެށި ކުށުން ދުރުކުރުމަށް އެންމެ މުހިއްމުކަމަކީ ރައްޔިތުން ފުލުހުންނާއެކުގައި ބައިވެރިވެ, ގުޅިގެން މަސައްކަތްކުރުންކަމަށް ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް