ads
މިނިސްޓަރު އަސްލަމް--
ގުޅީ ފަޅުން ބިން ލިބޭނީ މާލޭ މީހުނަށް އެކަނި
ގުޅީ ފަޅުން ބިން ލިބޭނީ ސީދާ މާލޭ މީހުންނަށް ކަމަށް މިއަދު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓަރު އަސްލަމް ވިދާޅުވެއްޖެއެވެ.

ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ ގުޅިފަޅު ބަނދަރު ހަދާއިރު ބިން ދޫ ކުރާނީ 12،000 ފަރާތަކަށް ކަމަށެވެ. 

ނަމަވެސް މި ގޯތިތަކަކީ ތަންކޮޅެއް ސައިޒުން ކުޑަ ގޯތި ތަކެއް ކަމަށާއި މިއީ 700 އަކަ ފޫޓުގެ ބިން ތަކެއް ކަމަށް ވެސް އަސްލަމް ވަނީ ވިދާޅުވެފައެވެ.

"މި ގޯތިތައް ލިބޭނީ ހަމަ ސީދާ މާލޭގެ ރަށްވެހިންނަށް،" -މިނިސްޓަރު އަސްލަމް- 

މާލޭގެ ކުދި ގޯތި ތަކުގައި އުޅެމުންދާ ފަރާތްތަކުން އެތަން ދޫކޮށްލުމަށް ފަހު ގުޅީ ފަޅުން ގޯތި ދޭ ގޮތަށް ސަރުކާރުން ނިންމާފައިވާ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ. 

މީގެ އިތުރުން އަސްލަމް ވިދާޅުވީ ކުރިން ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މާލޭގެ ދެ ސަރަހައްދެއްގައި ފެށި އިންޑިއާގެ ޓާޓާ ކުންފުނީގެ ބައެއް ބޯހިޔާވަހިކަމުގެ މަޝްރޫތައް ވެސް ހުއްޓުވާލުމާއި ގުޅިގެން އެ ކުންފުނިން އާބިޓްރޭޝަން ގޮސްފައިވާކަމަށެވެ. ނަމަވެސް މި މައްސަލައަކީ ދިގު މުއްދަތެއް ހޭދަވާ މައްސަަލައެއް ކަމަށްވާތީ އެ ކުންފުންޏާއި ވާހަކަ ދައްކައިގެން "ސެޓުލްމަންޓް" އަކަށް ދާން މަސައްކަތް ކުރާކަމަށް މިނިސްޓަރު މިއަދު ޕްރެސްކޮންފަރެންސްގައި ވިދާޅުވިއެވެ. 

އެ މައްސަލަވެސް ނިމުމުން ޓަޓާ ކުންފުންޏާއި ހަވާލުކުރި ފްލެޓުގެ މަޝްރޫތައްވެސް ކުރިއަށް ގެންދިއުމާއި މެދު ގޮތެއް ނިންމޭނެކަމަށް އަސްލަމް ވިދާޅުވިއެވެ. 

22%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
22%
ސަތޭކައަކުން ސުމެއް
56%
ވަރަށް ސަލާމް
ކޮމެންޓްސް