ads
ޑރ. މުހައްމަދު މުއިއްޒު- ފޮޓޯ: ސަން
އަނަސް އާއި ގުޅޭގޮތުން ސުވާލުކުރުމުން ޑރ. މުއިއްޒުގެ ޖަވާބު!
މިމަހުގެ 10ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް އިދިކޮޅު ޕީޕީއެމްގެ ފަރާތުން ވާދަކުރައްވަނީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެވެ. އަދި ސަރުކާރުގެ ފަރާތުން އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވަނީ ކުރީގައި އެމްޑީޕީގެ ސެކްރެޓަރީ ޖެނަރަލްގެ ގޮތުގައި މަސައްކަތްކުރައްވާފައިވާ އަނަސް އަބްދުއްސަތާރުއެވެ.

ޑރ.މުއިއްޒު އަކީ ހިދުމަތުގެ ދައުރުގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ތައުލީމީ ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވޭއިރު، އަނަސްގެ އަކީ ސަރުކާރުގެ ހިދުމަތައް މުޅިން އާ ބޭފުޅެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރެވެއެވެ.

އެގޮތުން ސަންގު ޓީވީން ރޭ ކުރިއަށް ގެންދިޔަ ސުވާލާއި ޖަވާބު ޕްރޮގްރާމްގައި ޑރ. މުއިއްޒު ބައިވެރިވެޑައިގެންފައިވާއިރު، އާއްމު ރައްޔިތުންނަށް ސުވާލުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެ ފުރުސަތުގައި އާއްމު މީހަކު ވަނީ ޑރ. މުއިއްޒަކީ ތައުލީމީ އަދި ހިދުމަތުގެ ރޮގުން ފާހަގަކޮށްލެވޭ ބޭފުޅެއްކަން ފާހަގަކުރައްވާ، ނަމަވެސް އަނަސް އަކީ މީގެ ކުރިން އެފަދަ އެއްވެސް ކަމެއްގައި ހަރަކާތްތެރި ނުވާ ބޭފުޅަކަށްވާއިރު މިހާރުވެސް ފެންނަނީ ބޭފުޅެއްގެ އިގިލިކުރީގައި ހިއްޕަވައިގެން އުޅުއްވާތަން ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން މާލޭ ސިޓީގެ މޭޔަރު ކަމަށް ޑރ.މުއިއްޒު އާއި ވާދަކުރައްވާ، އަނަސް އާއި މެދު ދެކެނީ ކިހިނެތްތޯ އޭނާ ވަނީ ސުވާލުކޮށްފައެވެ. 

އެ ސުވާލަށް ޖަވާބުދެއްވަމުން ޑރ. މުއިއްޒު ވިދާޅުވީ، އެ ސުވާލަށް ޖަވާބު ދެއްވުމުގެ ގޮތުން އެމަނިކުފާނު ކުރައްވަންޖެހޭނީ އެންމެ ކުރާހިތް ނުވާ ކަންތައް ކަމަށެވެ. އެގޮތުން އަނެކާގެ ވާހަކަދެއްކެވުމަކީ ވަރަށް ކުރާހިތް ނުވާ ކަމެއް ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑު ވަރަށް ކުރާ ހިތް ނުވާކަމެއް ތި ސުވާލުގެ ޖަވާބު ދެއްވުމަށް ކުރަން ޖެހޭނީ. ދެން ހުރި ކެނޑިޑޭޓްގެ ވާހަކަ އަނެކާގެ ވާހަކަދެއްުކުން އެއީ އަޅުގަނޑު ވަރަށް ނުކުރާ ކަމެއް އިގޭތޯ. އަޅުގަނޑުގެ މިޒާޖުގައިވެސް ހުންނަ ކަމެއް ނޫން. މިނިސްޓްރީގަ ކުރީގަ އުޅުންއިރުވެސް ހިނގާފަހުރި ނޫނީ އަޅުގަނޑަށް ބްލޭމްވެފަ ހުރި ކަންކަންވެސް ހުންނާނެ. އަސްލު އެހެން މީހުންގެ ސަބަބުން ވެފަ ހުރި ކަަންކަން. އެކަމު އެމީހުންގެ ނަން ނުކިޔަން އެހެންވީމަ މިކަމުގަވެސް އަޅުގަނޑު ބޭނުންނުވޭ ދެން ހުރި މީހާގެ ވާހަކަ ދައްކާކަށް އަޅުގަނޑުގެ ވާދަވެރިޔާ މިސާލަކަށް" ޑރ. މުއިއްޒު ވިދާޅުވިއެވެ.

ޑރ. މުއިއްޒު ވިދާޅުވީ، އަނަސް އަދި އަލްހާން އާއި ބެހޭ ގޮތުންވެސް ކޮމެންޓެއްްކޮށް ގޮތް ކިޔާކަށް ނެތިން ކަމަށާއި އެމަނިކުފާނު ދައްކަން ބޭނުންވަނީ އެމަނިކުފާނުގެ ވާހަކަ ކަމަށެވެ. 

އެހެންކަމުން ރައްޔިތުންނަށް ދަންނަވަން ބޭނުންވާ ހަމަ އެކަނި އެެއްޗަކީ އެމަނިކުފާނު ހުރީ ރައްޔިތުންނަށް ހިދުމަތްކުރަން ނިކުމެފަ ކަމަށާއި، ރައްޔިތުން ބޭނުންވާ ނަތީޖާ އިރާދަކުރެއްވިޔާ ނެރެދޭނެކަން ކަމަށެވެ. 

ޑރ. މުއިއްޒު ފާހަގަކުރެވޭނީ އިދިކޮޅުން އެމަނިކުފާނާއި ވާދަކުރައްވާ ބޭފުޅުންނަށް ގޮތް ނުކިޔާ ގޯސް ބަހެއް ވިދާޅުނުވާ ބޭފުޅެއްގެ ގޮތުގައެވެ. އެހެންނަނަމަވެސް އެމްޑީޕީގެ ޕޯޑިއަމްގައި އަނަސްވެސް އަދި އަލްހާންގެ ކެމްޕެއިންގެ ތެރެއިން އަލްހާންވެސް ވަރަށް ބޮޑަށް މުއިއްޒުއަށް ފާޑުކިޔައެެވެ. 

އެކަން ވަނީ އެ ޕްރޮގްރާމްގެ ތެރެއިން އިތުރު އާއްމު ރައްޔިތަކުވެސް ފާހަގަކުރައްވާފައެވެ. އަދި ޑރ. މުއިއްޒުގެ އާއިލާއަށްވެސް ނިސްބަތްވާގޮތަށް ހުތުރު ބަސް ބުނާކަން ފާހަގަކޮށް އޭނާވަނީ އެކަމާއި ބަހެއް ނުބުނެ ހުންނަވަނީ ކީއްވެތޯވެސް ސުވާލު އުފައްދާފައެވެ.

އެކަމަށް ޖަވާބު ދެއްވަމުން ޑރ. މުއިއްޒު ވިދާޅުވީ އިންސާނީ ކަރާމަތަކީ ވަރަށް އަގުހުރި އެއްޗެެއް ކަމަށާއި އެމަނިކުފާނާއި ދިމާލަށް ހަނޑިހުތުރު ބަހުން މުހާތަބު ކުރިޔަސް އެފެންވަރަށް އެމަނިކުފާނު ވެއްޓެން ނުޖެހޭކަމަށެވެ. 

"އެ ވިދާޅުވިގޮތަށް އަޅުގަނޑުގެ އާއިލާ، މަންމައާއި ބައްޕަގެ ފަރާތުން އަޅުގަނޑަށް ދަސްކޮށްދީފަ އޮތް ގޮތަކީ އަހްލާގީ މިންގަނޑު ހިފެހެއްޓުން. އެހެންވީމަ އަޅުގަނޑަކީ އެހެންމީހުން އަޅުގަނޑާއި ދިމާލަށް ކިތަންމެ އެއްޗެއް ކިޔަސް އަދި އަޅުގަނޑަކީ އެމީހުްނާއި ދިމާލަށް އެއްޗެހި ކިޔާނެ މީހެއް ނޫން އިގޭތޯ. ކިތަންމެ ވަރަކަށް ހަޑިހުތުރުކޮށް ނޫނީ ދޮގު ތުހުމަތު ކުރެއްވިޔަސް އެމީހުން އެބޭނުންވާ ގޮތައް ބަސް ރައްދުކުރާނެ މީހެއް ނޫން އަޅުގަނޑަކީ، އަޅުގަނޑަށް ދަސްކޮށްދީފަ ހުރިގޮތަށް އަޅުގަނޑު ކުރިއަށް ދާނީ" ޑރ. މުއިއްޒު ވިދާޅުވިއެވެ.

ޑރ. މުއިއްޒަކީ ސަރުކާރުގެ ހިދުމަތުގެ އިތުރަށް ޕްރައިވެޓް ސެކްޓަރުގައި މަސައްކަތް ކުރައްވައި ގިނަ ތަޖުރިބާތަކެއް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އެމަނިކުފާނުގެ އާންމު ހިދުމަތު ފެއްޓެވީ 1998 ވަނަ އަހަރު މިނިސްޓްރީ އޮފް ޕަބްލިކް ވޯކްސްގަ އެވެ. އޭގެ ފަހުން އަމިއްލަ ކުންފުންޏެއްގައި ކޮންސަލްޓެންޓެއްގެ ގޮތުގައި 10 އަހަރު މަސައްކަތްކުރެއްވި އެވެ.

ހައުސިން ޑިވެލޮޕްމަންޓު ބޯޑުގައި އެމަނިކުފާނު، މަސައްކަތް ފެއްޓެވީ 2002 ވަނަ އަހަރުގައެވެ. 2002 ވަނަ އަހަރުން ފެށިގެން 2005 ވަނަ އަހަރަށް އެ ބޯޑުގައި މަސައްކަތްކުރައްވައި އެ މުއްދަތުގައި އެ ބޯޑުން ރޭވި ގިނަ މަޝްރޫއުތަކެއް ފަރުމާކުރެއްވުމާއި، އެ މަޝްރޫއުތައް ތަންފީޒުކުރެއްވުމާއި، އެ މަޝްރޫއުތަކަށް ފައިސާ ހޯދުމުގައި ޑރ. މުއިއްޒު ހަރަކާތްތެރިވެ ވަޑައިގެންނެވި އެވެ.

އެއަށްފަހު ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމުގައިވާ ވިލާ ޝިޕިން ކުންފުނީގެ ޑިރެކްޓަރެއްގެ މަގާމަށް ވަޑައިގެން އެ ކުންފުނީގައި މަސައްކަތްކުރެއްވުމަށް ފަހު 2012 ވަނަ އަހަރުގައި އެމަނިކުފާނު ވަޑައިގެންނެވީ ހައުސިން މިނިސްޓްރީގެ ވަޒީރު ކަމަށެވެ.

އެގޮތުން ރައީސް ޔާމީންގެ ސަރުކާރުގައި ތަރައްގީކުރެވުނު މައިޒާންތަކާއި، ބްރިޖްތަކުގެ އިތުރު ހިޔާ ފްލެޓްތަކަކީވެސް ޑރ. މުއިއްޒުގެ ވަޒީރުކަމުގެ ދަށުން ތަރައްގީ ކުރަން ފެށުނު ތަންތަނެވެ.

93%
ކަމުގޮސްފި
2%
އަޑުއެހިތާ މިހުރީ
2%
ސަތޭކައަކުން ސުމެއް
2%
ވަރަށް ސަލާމް
ކޮމެންޓްސް