ads
ބްރިޖްގައި ހިނގި އެކްސިޑެންޓް
ގޯސް ހެދީ ފުލުހުންގެ ވެހިކަލް: ސައިކަލްގައި އިން މީހާ އިނީ ޓްރެފިކަށް މަޑުކޮށްގެން!
ބްރިޖް ހައިވޭ މަތީގައި ފުލުހުންގެ ވެހިކަލްއަކާއި ސައިކަލެއް ޖެހި މިރޭ 19:20 ހާއިރު ވަނީ އެކްސިޑެންޓެއް ހިނގާފައެވެ.

މި އެކްސިޑެންޓާއި ގުޅިގެން ސީއެންއެމްއިން ފުލުހުންނާއި ސުވާލުކުރުމުން ބުނެފައިވަނީ އެ އެކްސިޑެންޓް ހިނގާފައިވަނީ، ބްރިޖްއިން ފައިބާގެން ހުޅުމާލެއަށް ދާން އޮންނަ ސަރަހައްދުގައި ހުންނަ ޓްރެފިކް ލައިޓަށް މަޑުކޮށްގެން އޮތް ސައިކަލްގައި ފުލުހުންގެ ވެހިކަލް ޖެހިގެން ކަމަށެވެ.

އެކްސިޑެންޓްގައި ފުލުހުންގެ ވެހިކަލަށް ބޮޑު ގެއްލުންތަކެއް ވެފައިވާއިރު، ސައިކަލް އަށް ވެފައިވަނީ ކިހާވަރެއްގެ ގެއްލުމެއް ކަމެއް ސާފެއް ނުވެއެވެ.  

އަދި އެކްސިޑެންޓްގައި ސައިކަލްގައި އިންމީހާއަށް އަނިޔާވެގެން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްގެން މިހާރު ދަނީ ފަރުވާދެމުންނެވެ. އެހެންނަަމަވެސް އެމީހާއަށް ސީރިއަސް އަނިޔާއެއް ވެފައި ނުވާކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓްގައި ހިމެނޭ ދެ އުޅަނދުވެސް ދުއްވާފައިވަނީ އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސެންސް އޮންނަ މީހުން ކަމަށެވެ. އަދި މިމައްސަލަ މިހާރު ދަނީ ތަހްގީގުކުރަމުން ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. 

ޓްރެފިކް ލައިޓަށް މަޑުކޮށްގެން ހުރި މީހެއްގެ ސައިކަލްގައި ފުލުހުންގެ ވެހިކަލް ޖެހިގެން މި އެކްސިޑެންޓް ހިނގާފައިވާއިރު މީގެ ކުރިންވެސް ވަނީ ފުލުހުންގެ ވެހިކަލްތަކުގެ ކޮންޓްރޯލް ގެއްލި ބައެއް ހާދިސާތައް ހިނގާފައެވެ. 

0%
ކަމުގޮސްފި
38%
އަޑުއެހިތާ މިހުރީ
8%
ސަތޭކައަކުން ސުމެއް
54%
ވަރަށް ސަލާމް
ކޮމެންޓްސް