ads
ޖަންގް ލީ ޖޮންގް----ފޮޓޯ:މިހާރު
ޖަންގް ލީ ޖޮންގްގެ ސަފީރުކަމަށް ނިމުން: ދޫކޮށްލީ އަސަރުގަދަ ވީޑިއޯއެއް!
ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ މިސްޓާ ޖަންގް ލީ ޖޮންގްގެ ސަފީރުކަމުގެ ދައުރު ހަމަވެ، މިއަދު މިވަނީ އަލްވަދާއު ކިޔުމަށް ތައްޔާރުވެފައެވެ.

އެގޮތުން މިއަދު ވަނީ ރައީސް ސޯލިހްގެ އަރިހަށްވެސް އަދި މަތީ ފަންތީގެ ބޭފުޅުންގެ އަރިހަށްވެސް ވަދާއީ ޒިޔާރާތް ކުރައްވާފައެވެ. ސަފީރު ކަމުގައި ހޭދަކުރެއްވި ތިން އަހަރާއި ހަތް މަސް ނިންމާލައްވާ އެ ހަނދާންތައް މިއަދު ޖަންގް ލީ ޖޮންގް ވަނީ ސޯޝަލް މީޑިއާގައިވެސް އާކޮށްފައެވެ. 


އެގޮތުން މިހާތަނަށް ޖަންގް ލީ ޖޮންގްގެ ސަފީރުކަމުގައި ހޭދަވި ތިން އަހަރު ރާއްޖޭގައި ހޭދަކުރެއްވި ގޮތާއި ކުރެވިފައިވާ މަސައްކަތުގެ އިތުރުން އެ ހަނދާތައް އެމަނިކުފާނު ވަނީ ވީޑިއޯ މެދުވެރިކޮށް ޓްވިޓާގައި ހިއްސާކޮށްފައެވެ.

ހިތާމަވެރި ރާގަކާއިއެކު ގިނަ ހަނދާތައްކެއް އެކުލެވޭގޮތައް ތައްޔާރުކޮށްފައިވާ މި ވީޑިއޯ އާއްމުކުރަމުން ޖަންގް ލީ ޖޮންގް ވިދާޅުވީ މި ރީތި ރާއްޖޭގައި ހޭދަކުރެވުނު ތިން އަހަރާއި ހަތް މަަހުގެ ހަނދާންތަކާއިއެކު އަބަދުވެސް ރާއްޖެ މަތިން ވަރަށް ހަނދާން ވާނެ ކަމަށެވެ. 


ޖަންގް ލީ ޖޮންގްމިއަދު ވަނީ ރައީސް ސޯލިހްގެ އަރިހަށް ވަދާއީ ޒިޔާރާތްވެެސް ކުރައްވާފައެވެ. މި ބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސް އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހް އާއި، ސަފީރު ޖަންގް ލީ ޖޮންގް ވަނީ ދިވެހިރާއްޖެއާއި، ޗައިނާއާ ދެމެދު އޮތް ހާރިޖީ ގުޅުމާއި ދެގައުމުގެ ރަހުމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި، ޗައިނާގެ އެހީތެރިކަމާއެކު ރާއްޖޭގައި ހިންގާފައިވާ އަދި، ހިންގަމުންދާ މަޝްރޫއުތަކާ ގުޅޭގޮތުންވެސް ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހް ވަނީ ޗައިނާގެ ސަފީރު، އެ މަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ރާއްޖެއަށް ވެދެއްވާފައިވާ އެހީތެރިކަމާއި ދެއްވި އެއްބާރުލެއްވުން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. ރައީސްގެ ވާހަކަފުޅުގައި ޗައިނާއަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއްގެ އިތުރުން ރާއްޖެއާ ގާތް ރަޙުމަތްތެރި ގުޅުމެއް އޮންނަ ގައުމެއްކަން ފާހަގަކުރައްވައި ޗައިނާ އިން ރާއްޖޭގެ އިޖްތިމާއީ އިގްތިސާދީ ތަރައްގީއަށް ވެދެއްވާފައިވާ އަދި، ވެދެއްވަމުންގެންދަވާ ދީލަތި އެހީތެރިކަން ފާހަގަކުރެއްވިއެވެ. އަދި، އެކަމަށްޓަކައި ޖަންގް ލީ ޖޮންގް އަށާއި، ޗައިނާ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ހާއްސަގޮތެއްގައި ކޮވިޑްގެ ހާލަތާއި ގުޅިގެން ޗައިނާއިން ރާއްޖޭގެ ސިއްހީ ދާއިރާއަށް ވެދެއްވި އެހީތެރިކަމާއި ރާއްޖޭގައި ގިނަ ބަޔަކަށް ކޮވިޑް ވެކްސިން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެހީތެރިވެދިނުމުގެ ގޮތުން ޗައިނާއިން "ސިނޮފާމް" ވެކްސިންގެ ދެ ލައްކަ ޑޯޒް ހަދިޔާކުރައްވާފައި ވާތީ އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ސަފީރު ޖަންގް ލީ ޖޮންގް ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ އިޖްތިމާއީ އިގްތިސާދީ ތަރައްގީގެ ދާއިރާއާއި، ސިއްހީދާއިރާ އަދި އެހެންދާއިރާތަކުގެ ތަރައްގީއަށް ދެ ގައުމުން ގުޅިގެން ކުރަމުންގެންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.

މި ބައްދަލުވުން ނިންމަވާލައްވަމުން ރައީސް ސޯލިހް ވަނީ ކުރިޔަށް އޮތް ދުވަސްތަކުގައި ސަފީރަށް ފާގަތިކަމާއި ކުރިއެރުމަށް އެދިވަޑައިގެންފައެވެ. އަދި، މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުން ވަނީ ދެގައުމުގެ ގުޅުން ކުރިމަގުގައި އިތުރު ދާއިރާތަކުން ބަދަހިވެ ކުރިޔަށް ދިއުމަށް އެދިވަޑައިގެންފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް