ads
ދުނިޔޭގެ އެކި ހިސާބުތަކުގައި ރޯދައަށް ތިބެން ޖެހޭ ވަގުތު-
މިއަހަރު އެންމެ ގިނަ ވަގުތު ރޯދައަށް ހުންނަންޖެހޭ ގައުމު އިނގޭތަ؟
މިއަހަރުގެ ރަމަޟާން މަހަށް ހަފްތާއަކަށްވުރެ މަދު ދުވަސްކޮޅަކަށް ވެފައިވާއިރު ދުނިޔޭގެ އެކި ހިސާބުތަކުގައި ދެ ބިލިއަނަށްވުރެ ގިނަ މުސްލިމުން އަންނަނީ ރޯދައިގެ މަތިވެރި އަޅުކަމަށް ތައްޔާރުވަމުންނެވެ.

ދުނިޔެ އުފެދިފައިވާ ގޮތުން، އެކި ގައުމަތަކުގައި ރޯދަ ހިފަން ޖެހޭ ވަގުތު ވަރަށް ބޮޑުތަނުންވެސް ތަފާތުވެއެވެ.

ނިމިދިޔަ އަހަރުގެ ރަމަޟާން މަހާއި އަޅާ ބަލާއިރު މިއަހަރުގެ ރަމަޟާން މަހު ގައުމުތަކަށް އިރުއަރާ ވަގުތާ އިރުއޮއްސޭ ވަގުތުތަކަކަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ރަމަޟާން މަހު އެންމެ ގިނަ ވަގުތު ރޯދައަށް ތިބެން ޖެހުނު ގައުމުތަކުގެ ރައްޔިތުންނަށް މިއަހަރު އެ ވަގުތުތަކަށް ވަނީ ބަދަލު އައިސްފަ އެވެ.

އެގޮތުން ދުނިޔޭގެ އެންމެ އުތުރުގަ އޮންނަ ގައުމުތަކުގެ ތެރެއިން ނޯވޭގަ 20 އެޕްރިލް އިން ފެށިގެން 22 އޮގަސްޓް ވަންދެން އިރު ނުއޮއްސޭއިރު އެގައުމުގަ ބަލަން ޖެހޭނީ ސައުދީ އަރަބިއްޔާގެ ވަގުތަށް ނޫނީ އެންމެ ކައިރީގަ އޮންނަ މުސްލިމު ގައުމެއްގެ ވަގުތަށް ކަމަށް ފަތުވާއެއް ވަނީ ނެރެފައެވެ.

މިއަހަަރު ރަމްޟާން މަހު އެންމެ ގިނަ ވަގުތު ރޯދައަށް ތިބެން ޖެހެނީ ގްރީންލޭންޑާއި އައިސްލޭންޑުގައެވެ. އެގައުމުތަކުގަ ގާތްގަނޑަކަށް 20 ގަޑިއިރު ރޯދައަށް ތިބެންޖެހެއެވެ.

މިހަރު ރަމަޟާން މަހު އެންމެ ގިނަވަގުތު ރޯދައަށް ތިބެން ޖެހޭ ގައުމު ތަކުގެ ލިސްޓް:

- ގްރީން ލޭންޑް: 19-20 ގަޑިއިރު

- އައިސްލޭންޑް: 19-20 ގަޑިއިރު

- ފިންލޭންޑް: 18-19 ގަޑިއިރު

- ސްވެޑެން: 17-18 ގަޑިއިރު

- ސްކޮޓްލޭންޑް، އިނގިރޭސިވިލާތު: 17-18

- ނޯވޭ: 17-18 ގަޑިއިރު

- ޑެންމާކް: 17-18 ގަޑިއިރު

- ރަޝިޔާ: 17-18 ގަޑިއިރު

- ޖަރުމަނު ވިލާތް: 16-17 ގަޑިއިރު

- ނެދަލޭންޑްސް: 16-17 ގަޑިއިރު

- ޕޮލޭންޑް: 16-17 ގަޑިއިރު

- ލަންޑަން، އިނގިރޭސި ވިލާތް: 16-17 ގަޑިއިރު

- ފްރާންސް: 16-17 ގަޑިއިރު

- ކަޒަކިސްތާން: 16-17 ގަޑިއިރު

- ބެލްޖިއަމް: 16-17 ގަޑިއިރު

- ސްވިޒަލޭންޑް: 16-17 ގަޑިއިރު

- ރޯމޭނިއާ: 15-16 ގަޑިއިރު

- ކެނަޑާ: 15-16 ގަޑިއިރު

- ބުލްގޭރިއާ: 15-16 ގަޑިއިރު

- އިޓަލީ: 15-16 ގަޑިއިރު

- ސްޕެއިން: 15-16 ގަޑިއިރު

- ގްރީސް: 15-16 ގަޑިއިރު

- ޗައިނާ: 16-15 ގަޑިއިރު

- އެމެރިކާ: 16-15 ގަޑިއިރު

- އުތުރުކޮރެއާ: 16-15 ގަޑިއިރު

- ތުރުކީ: 16-15 ގަޑިއިރު

- މޮރޮކޯ: 14-15 ގަޑިއިރު

- ޖަޕާން: 14-15 ގަޑިއިރު

- ޕާކިސްތާން: 14-15 ގަޑިއިރު

- އީރާން: 14-15 ގަޑިއިރު

- އިރާގު: 14-15 ގަޑިއިރު

- ލެބަނާން: 14-15 ގަޑިއިރު

- ސީރިއާ: 14-15 ގަޑިއިރު

- އިޖިޕްޓް: 14-15 ގަޑިއިރު

- ގުދުސް: 14-15 ގަޑިއިރު

- ކުވައިތު: 14-15 ގަޑިއިރު

- ފަލަސްތީނު: 14-15 ގަޑިއިރު

- އިންޑިއާ: 14-15 ގަޑިއިރު

- ހޮންކޮންގް: 14-15 ގަޑިއިރު

- ބަންގްލަދޭޝް: 14-15 ގަޑިއިރު

- އޮމަން: 14-15 ގަޑިއިރު

- އަފްގާނިސްތާން: 14-15 ގަޑިއިރު

- ސައުދީ އަރަބިއްޔާާ: 14-15 ގަޑިއިރު

- ގަތަރު: 14-15 ގަޑިއިރު

- ޔޫއޭއީ: 14-15 ގަޑިއިރު

- ޔަމަން: 13-14 ގަޑިއިރު

- އިތޯޕިއާ: 13-14 ގަޑިއިރު

- ސެނެގާލް: 13-14 ގަޑިއިރު

- ނައިޖީރިއާ: 13-14 ގަޑިއިރު

- ސްރިލަންކާ: 13-14 ގަޑިއިރު

- ތައިލޭންޑް: 13-14 ގަޑިއިރު

- ސޫދާން: 13-14 ގަޑިއިރު

- މެލޭޝިިއާ: 13-14 ގަޑިއިރު

- ސިންގަޕޫރު: 13-14 ގަޑިއިރު

- ކެންޔާ: 13-14 ގަޑިއިރު

- އެންގޯލާ: 12-13 ގަޑިއިރު

- އިންޑޮނޭޝިއާ: 12-13 ގަޑިއިރު

މިއަހަރުގެ ރަމްޟާން މަހު އެންމެ ކުރުކޮށް ރޯދައަށް ތިބެން ޖެހޭ އެއް ގައުމަކީ ނިއުޒިލޭންޑް އެވެ. އެ ގައުމުގަ ރޯދަ އަށް ތިބެން ޖެހެނީ 11 ގަޑިއިރާއި 20 މިނުޓް ވަންދެނެވެ.

މިއަހަރުގެ ރަމަޟާން މަހުގެ އެންމެ ކުރުކޮށް ރޯދަ ހިފަންޖެހޭ ގައުމުތައް:

- ނިއުޒިލޭންޑް: 11 ގަޑިއިރާއި 20 މިނުޓް

- ޗިލީ: 11 ގަޑިއިރާއި 30 މިނުޓް

- އޮސްޓްރޭލިއާ: 11 ގަޑިއިރާއި 47 މިނުޓް

- އުރުގުއޭ: 11 ގަޑިއިރާއި 48 މިނުޓް

- ސައުތު އެފްރިކާ: 11 ގަޑިއިރާއި 52 މިނުޓް

- ބްރެޒިލް: 12-13 ގަޑިއިރު

- ޒިމްބާބޭ: 12-13 ގަޑިއިރު

- އާޖެންޓީނާ: 11-12 ގަޑިއިރު

- ޕެރަގުއޭ: 11-12 ގަޑިއިރު

ދިވެހި ރާއްޖޭގައި ރޯދައަށް ހުންނަ ވަގުތަކީ ގާތްގަނޑަކަށް 14 ގަޑިއިރެވެ.

މަސްދަރު: islamicfinder.org

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
22%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް