ads
ވެކްސިން ކާޑެއް
އިއްޔެ ވެކްސިން ޖެހީ 7000 މީހުން
އިއްޔެ ވެކްސިން ޖެހި މީހުންގެ އަދަދު 7000 އިން މައްޗަށް އަރައިފިއެވެ. އެގޮތުން އިއްޔެ ރާއްޖޭގައި ވެކްސިން ޖަހާފައި ވަނި 7022 މީހުންނެވެ.

ކޮންމެ ދުވަހަކު ވެސް ވެކްސިން ޖެހި މީހުންގެ ތަފްސީލު އެ ރެޔެއްގައި އެޗްޕީއޭއިން ގެނެސްދިން ނަމަވެސް އިއްޔެގެ ތަފްސީލުތައް އެޗްޕީއޭއިން ހާމަ ކޮށްފައިވަނީ މިއަދު ހެނދުނުއެވެ. 

މާލެ ސިޓީގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި 380 މީހުންނާއި، އަތޮޅުތެރެއިން ޖެހި 4،024 މީހުންނާއެކު، އިއްޔެ ވެކްސިންގެ ފުރަތަމަ ޑޯޒް 4،404 މީހެއް ޖަހާފައި ވާއިރު، ދެވަނަ ޑޯޒް ޖަހާފައި ވަނީ 2،618 މީހުންނެވެ. އެގޮތުން ވެކްސިންގެ ދެވަނަ ޑޯޒް މާލެ ސަރަހައްދުން ޖެހީ 2،471 މީހުންނެވެ. އަދި އަތޮޅު ތެރެއިން ޖެހީ 147 މީހެކެވެ. 

މިއާއެކު ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދު މިވަނީ 10،569 އަށް އަރާފައެވެ. އަދި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދަކީ 260،285 އެވެ. 

ރާއްޖޭގައި މިހާރު ވެކްސިން ޖެހި މީހުންގެ ޖުމްލަ އާބާދީ އަކީ 270,854 އެވެ. މިއީ ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު އަދަދެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް