ތާރު އެޅުމުގެ މަޝްރޫއު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހަމަދު ހަމީދުއެވެ. އާރުޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކެވެ.
ހިންނަވަރުގެ މަގުތަކުގައި ތާރުއެޅުމުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ 122,048.704.17 ރުފިޔާ އަށެވެ. އެއީ 540 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
އެ މަޝްރޫއުގެ ދަށުން 7.1 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމާއި މަގުތަކުގައި ފެންހިންދާ ނިޒާމް ގާއިމްކޮށް، މަގުތަކުގައި މަގުބައްތި ވެސް ޖެހޭނެއެވެ.
ތިނަދޫގެ މަގުތަކުގައި ތާރުއެޅުމުގެ މަޝްރޫއު ހަވާލުކުރީ 78،800،871.14 ރުފިޔާއަށް 450 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. އެ މަޝްރޫއުގެ ދަށުން 6.5 ކިލޯމީޓަރުގެ މަގުގައި ތާރުއަޅާ، މަގުތަކުގައި މަގުބައްތި ޖެހޭނެއެވެ.