ads
ކައިވެނި
ރޯދަ މަހު ކައިވެނިކޮށްދޭނެ ގަޑިތައް އާންމުކޮށްފި
ރޯދަ މަހު ފެމިލީ ކޯޓުން ކައިވެނި ކޮށްދޭނެ ގަޑިތައް އާންމުކޮށްފި އެވެ.

ރޯދަ މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ފެމިލީ ކޯޓުން ކައިވެނިކޮށްދޭގޮތަށް ހަމަޖެހިފައިވަނީ، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އިން މެންދުރު 12:30 އަށް ފެމިލީކޯޓުގައި އެކަނި ކަމަށް އެކޯޓުން ބުނެ އެވެ.

މި އަހަރުގެ ހުރިހާ ދުވަހެއްގައި ކައިވެނި ކޮށްދޭނެ ކަމަށް ފެމެލީ ކޯޓުން ވަނީ ބުނެފަ އެވެ.

އެގޮތުން ރަސްމީ ގަޑީގައި ކޯޓުގައި ކައިވެނި ކޮށްދޭނީ ހެނދުނު 8:30 އިން 11:30 އަށް އަދި މެންދުރުފަހު 13:00 އިން 13:45 އަށް ކަމަށް ފެމެލީ ކޯޓުން ބުނެއެވެ. އަދި ނުރަސްމީ ގަޑީ ކޯޓުގައި ކައިވެނި ކޮށްދޭނީ 16:00 އިން ފެށިގެން 21:30 އަށް ކަމަށް އެ ކޯޓުން ބުނެއެވެ.

ކޯޓުން ބޭރުގައި އާންމު ގޮތެއްގައި ކައިވެނި ކޮށްދޭނީ 16:00 އިން 21:30 އާއި ދެމެދު ކަމަށް ފެމެލީ ކޯޓުން ބުނެއެވެ. ނަމަވެސް އޭޕްރީލް 13 އިން މެއި 19 އަށް ކޯޓުން ބޭރުގައި ކައިވެނި ކޮށްދޭނީ ރޭގަނޑު 21:45 އިން 22:45 އަށް ކަމަށާއި، އަދި ޖުލައި 16 އިން ޖުލައި 27 އަށް ކޯޓުން ބޭރުގައި ކައިވެނި ކޮށްދޭނީ ރޭގަނޑު 20:00 އިން 21:00 އަށް ކަމަށް ފެމެލީ ކޯޓުން ބުނެއެވެ.

މި އަހަރުގެ ހުރިހާ ދުވަހެއްގައި ކައިވެނި ކޮށްދިނުމަށް ފެމެލީ ކޯޓުން ނިންމި ނިންމުމަކީ އަހަރުގެ ހުރިހާ ދުވަހެއްގައި ކައިވެނި ކޮށްދޭން ފެމިލީ ކޯޓުން ނިންމި ދެވަނަ ފަހަރެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް