ads
ފުލުހުންނާއި ސިފައިން ހަރަކާތްތެރި ވަނީ-
ހަތިޔާރު ގެންގުޅޭކަމަށް ބުނެ،ބެލުމުން ފެނުނީ ކުޅޭކުޅޭ ބަޑިއެއް:އެމްއެންޑީއެފް
ހަތިޔާރު ގެންގުޅޭ ކަމަށް އިންޓެލިޖެންސްއަށް ރިޕޯޓެއް ލިބިގެން ހިންގި އޮޕަރޭޝަންގައި ފެނުނީ ކުޅޭ ކުޅޭ ބަޑިއެއް ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

ފުލުހުން ހިންގާ އޮޕަރޭޝަނަކަށް ފުލުުހުން އެދިގެން އެމްއެންޑީއެފްއިން ވަނީ މިއަދު މާވެޔޮ މަގު ސަހަރައްދުގައި ހަތިޔާރާ އެކުގައި ހަރަކާތްތެރިވެފަ އެވެ.

އެ އޮޕްރޭޝަން މިހާރު ވަނީ ނިމިފައި ކަމަށާއި އެއީ އެގެއްގައި ހަތިޔާރު ހުރިކަމަށް ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު ރިޕޯޓަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.

އެ ގެ ބަލާފާސްކުރި އިރުގައި އެގެއިން ފެނުނީ ކުޅޭކުޅޭ ބަޑިއެއްކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނެފައި ވަނީ ހަތިޔާރު ގެންގުޅޭ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިއަދު ހިންގި އޮޕަރޭޝަނެއްގައި ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި އެ އޮޕަރޭޝަންގައި ބަލައި ފާސްކުރި ގެއިން  އެފަދަ އެއްވެސް އެއްޗެއް ފެނިފައެއް ނުތާވީ އެ އޮޕަރޭޝަން މިހާރު ވަނީ ނިންމާލައިފައި ކަމަށެވެ.

17%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް