ads
ނައިބު ފައިސަލް ނަސީމް
ރަށުގައި ތިބެގެން ސިއްހީ ހިދުމަތްތައް ހޯދޭނެގޮތް ހެދުމަކީ ސަރުކާރުގެ އަމާޒެއް: ފައިސަލް
ރާއްޖޭގެ ހުރިހާ ރަށެއްގައި ދިރިއުޅޭ ރައްޔިތުންނަށް އެބައެއްގެ އަމިއްލަ ރަށުގައި ތިބެގެން ފަސޭހަކަމާއިއެކު ސިއްހީ ހިދުމަތްތައް ހޯދޭނެގޮތް ތަނަވަސްކޮށްދިނުމަކީ މި ސަރުކާރުގެ މައިގަނޑު ސިޔާސަތެއް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އައްޑޫ ސިޓީގައި ހަދާފައިވާ "ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓާ" އިފްތިތާހު ކުރުމަށްޓަކައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މި ރަސްމިއްޔާތުގައި ވާޗުއަލްކޮށް ބައިވެރިވެވަޑައިގެން ނައިބު ފައިސަލް ވިދާޅުވީ، މިސަރުކާރުގެ ލާމަރުކަޒީ ނިޒާމުގެ ދަށުން ސިއްހީ ހިދުމަތްތައް ފުޅާކުރުމުގެ މަޝްރޫއު ވަރަށް ހަލުވިކޮށް ކުރިއަށް ގެންގޮސްފައިވާކަމަށާއި، މިއަދު މިފެނިގެންދަނީ ރާއްޖޭގެ ސިއްހީ ނިޒާމަށް ބޮޑު އިންގިލާބީ ބަދަލުތަކެއް އަންނަމުންދާތަން ކަމަށެވެ. އެގޮތުން، މިއަހަރު އެކަނިވެސް ސަރުކާރުން ސިއްހީ ހިދުމަތްތައް ތަރައްގީކޮށް ހަރުދަނާކުރުމަށް ބޮޑު ހޭދައެއް ކޮށްފައިވާކަމުގައި ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

އަދި ސިއްހީ ހިދުމަތް ހޯދުމަށް ރަށުން ބޭރަށް ދަތުރުކުރަންޖެހޭ މީހުންގެ އަދަދު މިދިޔަ ދެ އަހަރު ވަރަށް ބޮޑުތަން ދަށްވެފައިވާކަމަށާއި، މީގެއިތުރުން، މި ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލުތަކުގެ ސަބަބުން ހިދުމަތްތައް ލާމަރުކަޒުކުރެވި، ކުރިން ކައުންސިލްތަކުން ނިގުޅައިގަނެފައިވާ ގިނަ ބާރުތަކެއް އަލުން އަނބުރާ ކައުންސިލްތަކަށް ލިބިފައިވާކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. 

"އެގޮތުން، ކުރިމަގުގައި ރަށްރަށުގެ ހިދުމަތްތައް ތަރައްގީކޮށް، އެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ކައުންސިލްތަކުގެ ދައުރު ފުޅާވެގެންދާނެ. އަދި، ކައުންސިލްތަކުގެ އެއްބާރުލުމާއެކު ވަރަށް ގިނަ ހިދުމަތްތަކެއް ރަށްރަށުގައި ތައާރަފު ކުރެވޭނެކަމުގެ އުންމީދު އޮބަ އޮތް" ނައިބު ފައިސަލް ވިދާޅުވިއެވެ.

ވާހަކަފުޅު ނިންމަވާލައްވައްމުން ނައިބު ފައިސަލް ވިދާޅުވީ ދިވެހިރާއްޖޭގެ އުތުރުގައިވެސް މިއަދު އައްޑޫގައި ފެށި ފަދަ ހިދުމަތްތައް ފެށުމުގެ މަސައްކަތް މި ސަރުކާރުން ކުރިޔަށްގެންދާނެ ކަމުގައެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ބެލުމުގެ ދަށުން ގާއިމުކޮއްފައިވާ އެ ސެންޓަރުން ކްލިނިކަލް ސައިކޮލޮޖީ، އޮކިއުޕޭޝަނަލް ތެރަޕީގެ އިތުރުން ސްޕީޗް ތެރަޕީގެ ހިދުމަތްތައް ފޯރުކޮށްދޭނެއެވެ. އެ ސެންޓަރުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ކުދިންގެ ހެދިބޮޑުވުމަށް ބޭނުންވާ ހުރިހާ ފަރުވާއެއް އެއްތަނަކުން ލިބޭނެގޮތަށް އިސްކަންދީގެން އަދި އައްޑޫސިޓީގައި ކުރިޔަށްގެންދާ ސްޕެޝަލް ނީޑް ކްލާސްތަކާ އެފަދަ ކަމާގުޅުންހުރި ހުރިހާ ފަރާތްތަކާވެސް ގުޅިގެން ވަށާޖެހޭ ގޮތެއްގައެވެ.
 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް