ads
ކޮވިޑް ޖެހުނު މީހުންނަށް ސިކުޑީގެ ބަލިތައް ޖެހުމުގެ ފުރުސަތު އޮވޭ: ދިރާސާ
ކޮވިޑް ޖެހުނު ކޮންމެ ތިން މީހަކުން އެކަކު ސިކުޑިއަށް ގެއްލުން ލިބިފައިވޭ: ދިރާސާ
ކޮވިޑް-19 ޖެހުނު ކޮންމެ ތިން މީހަކުން އެކަކަށް ދިގުމުއްދަތުގައި ނަފްސާނީ ބަލިތަކާއި އަދި ނާރުގެ ބަލިތަކުގެ އަލާމާތް ހުރި ކަމަށް ބަލި ދިރާސާ ކުރާ ފަރާތްތަކުން ބުނެފިއެވެ.

ކޮވިޑް-19 އިން ފަސޭހަވެފައިވާ 34 އިންސައްތަ މީހުން ބަލިޖެހުނުތާ 6 ދުވަހުގެ މަސްތެރޭ ނަފްސާނީ އަދި ނާރުގެ ބަލިތައް ޖެހިފަވާ ކަމަށް ދައްކާ ދިރާސާ އެއް ލެންސެޓް ސައިކޭޓްރީ އިން ވަނީ ނެރެފައެވެ. މި ދިރާސާގައި 236،000 މީހުން ބައިވެރިވެފައިވާއިރު އޭގެ ތެރެއިން ގިނައީ އެމެރިކާ މީހުންނެވެ.

އެހެން ބަލިތައް ޖެހުނު މީހުންގެ ތެރޭގައި އެންމެ އާންމު ބައްޔަކަށް ފާހަގަވެފައިވަނީ އެންޒައިޓީއެވެ.

ކޮވިޑް ޖެހި ރަނގަޅުވި މީހުންގެ 17 އިންސައްތަ މީހުން އެންޒައިޓީ ހުރިކަމަށް ދިރާސާއިން ދައްކާފަވެެއެވެ. އޭގެ ތެރޭގައި 14 އިންސައްތަ މީހުން މޫޑް ޑިސްއޯޑާ ހުންނަ ކަމަށް ފާހަގަ ކުރެވިފައިވެއެެވެ.

ނާރުގެ ބަލިތައް ބޮޑަށް ފާހަގަ ކުރެވިފަވަނީ ކޮވިޑްގައި ހާލުދެރަވެގެން ހޮސްޕިޓަލްގައި ފަރުވާދިން މީހުންގެ މެދުގައި ކަމުގައިވީނަމަ ވެސް ކޮވިޑް ޖެހި ވަކި ހާއްސަ ފަރުވާއެއް ނުދީ ތިބި މީހުންގެ މެދުގައިވެސް ކޮންމެވެސް ވަރަކަށް ނާރުގެ ބަލިތައް ފާހަގަ ކުރެވިފަވާކަމަށް ވެސް ދިރާސާގައިވެއެވެ.

ކޮވިޑްގައި ހާލު ގޯސްވާ ވަރަކަށް އެހެން ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ޔުނިވާސިޓީ އޮފް އޮކްސްފޯޑުގެ ސައިކޭޓްރީގެ އެކެޑެމިކް ކްލިނިކަލް ފެލޯ އަދި އަދި މިދިރާސާގެ ކޯ އާތަރް ކަމުގައިވާ ޑރ. މެކްސައިމް ޓަކްއެޓް ވަނީ ވިދާޅުވެފައެވެ.

ދިރާސާ އިން ދައްކަނީ ސިކުޑީގެ ބަލިތަކާ ސައިކޭޓްރިކް ޑިސްއޯޑާ ފަދަ ބަލިތައް ހުން އަދި އެހެން ނޭވާ ލުމުގެ ނިޒާމަށް ޖެހޭ ބަލިތަކަށް ވުރެ އިތުރުކަން ޑރ. ޓަކްއެޓް ފާހަގަކުރިއެވެ.

ޔުނިވާސިޓީ އޮފް ނޮޓިންގަމްގެ ސައިކޯލޮޖީގެ ކްލިނިކަލް އެސޯސިއޭޓް ޕްރޮފެސަރެއް ކަމުގައިވާ ޑރ. މޫސާ ސާމީ ވިދާޅުވީ މި ދިރާސާ އަކީ ވަރަށް މުހިއްމު ދިރާސާއެއް ކަމަށެވެ. އެއީ އެހާ ގިނަ އަދަދެއްގެ މީހުން ބައިވެރިކޮށްގެން ކުރިއަށްދިޔަ ދިރާސާއެއް ކަމުގައިވާތީ ކަމަށް ވެސް ޑރ. ސާމީ ވިދާޅުވިއެވެ.

ޑރ. ސާމީ އަކީ މިދިރާސާހެދުމުގައި ބައިވެރިވި މީހެއް ނޫނެވެ. ޑރ، ސާމީ ވިދާޅުވީ އެހެންބިލިތައް ޖެހެނީ ކޮވިޑްގެ ސަބަބުން ކަމަށް ސީދާކޮށް ބުނަން އަދި އިތުރު ތަހުލީލުތައް ކުރަން ޖެހޭ ކަމަށެވެ.

އެއީ ކޮވިޑް ޖެހިގެން ހާލު ދެރަވާ މީހުން ގިނަދުވަސް ވަންދެން އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހުމުގެ ސަބަބުންވެސް ބައެއް މީހުން ނަފްސާނީ ބަލިތަކަށް ހުށަހެޅުމުގެ ފުރުސަތު އޮތީތީވެ ކަމަށް ޑރ. ސާމީ ފާހަގަ ކުރިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް