ads
ޕްރިންސް ފިލިޕް އަދި ކްއީލް އެލިޒަބަތް
ފިލިޕް އަށް ރަސްކަލެއްގެ ލަގަބު ނުލިބުނީ ކީއްވެ؟
މިއަދު އަހަވާހަރިވި އިނގިރޭސި ވިލާތުގެ ރާނީގެ ފިރިކަލުން ފްރިންސް ފިލިޕް، 99 އަށް ރަސްކަލެއްގެ ލަގަބު ނުވަތަ "ކިންގް ފިލިޕް" ނުކިޔުނީ ކީއްވެތޯ ގިނަބަޔަކު ސުވާލުކުރެއެވެ.

އެގޮތުން ފިލިޕް އެލިޒަބަތް އާއި ކައިވެނި ބައްލަވައިގަތީ އެނާ އަށް އިނގިރޭސި ވިލާތުގެ ރާނީކަން ލިބި ވަޑައިގަތުމުގެ ފަސް އަހަރު ކުރިންނެވެ. 

އެހެން ނަމަވެސް ފިލިޕް އަކީ ޑެންމާކް އަދި ގްރީސްގެ ވެސް އޭރުގެ ވަލީ އަހުދެވެ. 

އޭނާ އަކީ އިނގިރޭސި ވިލާތުގެ ޝާހީ އާއިލާގެ ލޭ ހިގާ ބޭފުޅެއް ނޫނެވެ. އެހެންކަމުން އޭނާއަށް ހަގީގަތުގައި "ޕްރިންސް" އަދި "ކިންގު" ގެ ދަރަޖައެއް ނުލިބޭނެއެވެ. 

އޭނާއަށް އިނގިރޭސި ވިލާތުގައި ދެއްވާފައިވާ ދަރަޖައަކީ "ޑޫކް އޮފް އެޑިންބާގް" އެވެ. ނަމަވެސް 1957 ވަނަ އަހަރު ރާނީ ވަނީ ބަޔާނެއް ނެރުއްވައި އިނގިރޭސި ވިލާތުގެ "ޕްރިންސް" އަކީ ފިލިޕްކަމަށް ނިންމަވާފައެވެ. އަދި ފިލިޕް އަށް އިނގިރޭސި ވިލާތުގެ އެންމެ މަތީ ލަގަބުކަމުގައިވާ ކޭސީއެމްޖީ ވެސް ވަނީ ދެއްވާފައެވެ. 

އެހެންކަމުން ފިލިޕްގެ ފުރިހަމަ ލަގަބަކީ "ސާ ޕްރިންސް ފިލިޕް އޮފް އިންގްލެންޑް" އެވެ. 

ފިލިޕް މިއަދު އަވާހާރަވީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހުއެވެ.  

44%
ކަމުގޮސްފި
22%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
22%
ވަރަށް ސަލާމް
ކޮމެންޓްސް