ads
ވެކްސިން ކާޑެއް
މިއަދު ވެކްސިން ޖެހީ 2،740 މީހުން
ކޮވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް ރާއްޖޭގައި ފަށާފައިވާ ވެކްސިން ކެމްޕެއިނުގެ ދަށުން މިއަދު ވެކްސިން ޖެހީ 2،740 މީހުންނެވެ.

އާދައިގެ މަތިން މިއަދަކީ މާލޭގައި ވެކްސިން ނުޖަހާ ދުވަހަކަށް ވުމުން މިއަދު ވެކްސިން ޖެހި މީހުންގެ އަދަދު ވަނި ވަރަށް ބޮޑަށް ދަށް ވެފައެވެ. 

އެގޮތުން މިއަދު ވެކްސިންގެ ފުރަތަމަ ޑޯޒު 2،560 މީހެއް ޖަހާފައި ވާއިރު ދެވަނަ ޑޯޒު ޖަހާފައި ވަނީ 180 މީހުންނެވެ. 

ވެކްސިންގެ ފުރަތަމަ ޑޯޒު 267،795 މީހެއް ޖަހާފައި ވާއިރު، ދެވަނަ ޑޯޒު ޖަހާފައި ވަނީ 15،131 މީހުންނެވެ. 

އަތޮޅު ތެރޭގައި ހުންނަ ވެކްސިން ސެންޓަރު ތަކުން މިއަދު ވެކްސިން ޖަހާފައިވާ 2،740 މީހުންނާއެކު މިހާތަނަށް ރާއްޖޭގައި ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދު ވަނީ 282,926 އަށް އަރާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް