ads
އައިޖީއެމްއެޗް ---
ރޯދަމަހު އައިޖީއެމްއެޗުން ހިދުމަތްދޭ ގަޑިތައް އާންމުކޮށްފި
ކުރިއަށް އޮތް ރަމަޟާން މަހު އައިޖީއެމްއެޗްގެ ހިދުމަތްތައް ފޯރުކޮށްދޭ ގަޑިތައް އެ ހޮސްޕިޓަލުން އާންމުކޮށްފި އެވެ.

"ވަކިވަކި ޑިޕާޓްމަންޓު ތަކުން ހިދުމަތްދޭ ގަޑީގެ އިތުރުން ލެބޯޓްރީ ހިދުމަތްދޭ ގަޑިތައް އައިޖީއެމްއެޗުން މިއަދު އާންމު ކުރީ، އެ ހޮސްޕިޓަލުން ކުރި އިއުލާނެއްގައެވެ. 

އެގޮތުން ސްޕެޝަލިސްޓް އޯޕީޑީ ކޮންސަލްޓޭޝަން ގަޑިއަކީ 09:00 އިން 16:00 އަށް ކަމަށް އައިޖީއެމްއެޗުން ބުނެއެވެ. އަދި ޖެނެރަލް އޯޕީޑީގެ ހިދުމަތް ދޭނީ ހެނދުނު 10:00 އިން 14:00 އަށް އަދި ހަވީރު 16:00 އިން 00:00 އަށް ކަމަށް އައިޖީއެމްއެޗުން ބުނެއެވެ. އަދި ލެބޯޓްރީ ހިދުމަތްދޭނީ ހެނދުނު 08:00 އިން 16:00 އަށް ކަމަށް ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން ރޭޑިއޮލޮޖީ ޑިޕާޓްމަންޓުގެ އެމްއާރްއައި، އެކްސްރޭ އަދި އަލްޓްރާސައުންޑް ހިދުމަތް ދޭނީ ހެނދުނު 09:00 އިން 16:00 އަށް ކަމަށް އައިޖީއެމްއެޗުން މައުލޫމާތު ދެއެވެ. އަދި ރޭޑިއޮލޮޖީ ޑިޕާޓްމަންޓުގެ ސީޓީ ސްކޭންގެ ހިދުމަތް ދޭނީ 09:00 އިން 14:00 އަށް ކަމަށް އައިޖީއެމްއެޗުން ބުނެއެވެ. 

އައިޖީއެމްއެޗުގައި ރޯދަ މަހު ފިޒިއޯތެރަޕީގެ ހިދުމަތް ދޭނީ 09:00 އިން 16:00 އަށް ކަމަށާއި، އީސީޖީ ގެ ހިދުމަތް ދޭނީ 09:30 އިން 13:30 އަށް ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. އަދި އިކޯކާޑިއޯގްރަފީގެ ހިދުމަތް ދޭނީ 09:00 އިން 13:00 އަށް ކަމަށާއި، ސްޕީޒް ތެރަޕީގެ ހިދުމަތް ދޭން ނިންމާފައިވަނީ 09:00 އިން 15:00 އަށް ކަމަށް އަދި އެންޑޮސްކޯޕީ އާއި ކޮލޮނޮސްކޯޕީގެ ހިދުމަތް ދޭން ނިންމާފައިވަނީ 09:00 އިން 11:30 އަށް ކަމަށް އައިޖީއެމްއެޗުން މައުލޫމާތު ދެއެވެ.

މި ހިދުމަތްތައް ކަނޑައެޅިފައިވާ ވަކި ވަގުތުތަކެއްގައި ދިން ނަމަވެސް، ޓްރޯމާ އެންޑް އެމަޖެންސީގެ ހިދުމަތް 24 ގަޑިއިރު ކުރިއަށްދާނެ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް