ads
ވެކްސިން ކާޑެއް
އަތޮޅުތެރޭ މިއަދު 163 މީހަކު ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިފި
މިއަދު އަތޮޅުތެރޭ އެކަނި ކޮވިޑްގެ ވެކްސިން ޖަހާފައިވާއިރު، މިއަދު ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު 163 މީހަކު ޖަހާފައިވާ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭއިން އާންމު ކުރި މައުލޫމާތަށް ބަލާއިރު، މިއަދު އަތޮޅުތެރެއިން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވަނީ 664 މީހުންނެވެ. އަދި ދެވަނަ ޑޯޒު ޖަހާފައިވަނީ 163 މީހުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިއާއެކު ރާއްޖޭގައި ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވާ މީހުންގެ ޖުމުލަ އަދަދު މިވަނީ 268،459 އަށް އަރާފައެވެ. އަދި ރާއްޖެއިން ވެކްސިންގެ ދެވަނަ ޑޯޒު ޖެހި މީހުންގެ އަދަދު ވަނީ 15،294 އަށް އަރާފައެވެ.

އެޗްޕީއޭއިން ވަނީ މާދަމާ ރާއްޖޭގައި ފައިޒާ ވެކްސިން ދޭން ފަށާނެ ކަމަށް ބުނެފައެވެ. އެގޮތުން ފައިޒާ ވެކްސިން ޖަހާނީ ހަމައެކަނި ރެޖިސްޓާ ކުރާ މީހުންނަށް ކަމަށް އެޗްޕީއޭއިން ބުނެއެވެ. 

މީގެ އިތުރުން ފެބްރުއަރީ އެކަކާއި 14 އާއި ދެމެދުގައި ކޮވިޝީލްޑް ވެކްސިން ޖެހި މީހުންނަށް މާދަމާ ވެކްސިންގެ ދެވަނަ ޑޯޒު ދޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް