ads
މިއަދުގެ އިންތިހާބުގެ ތެރެއިން ---
711 ވޯޓު ފޮށި ވަނީ ގުނާ ނިމިފައި
711 ވޯޓު ފޮއްޓެއްވަނީ ގުނާ ނިމިފައި ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.

އިސީގެ ރައީސް  އަހުމަދު ޝަރީފް  ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މާލޭ ސަރަހައްދުގައި ބެހެއްޓިފައިވާ ދެ ވޯޓު ފޮއްޓެއް ގުނުމުގެ މަސައްކަތް އަދި ދަނީ ކުރިއަށް ކަމަށެވެ. އެ ދެ ފޮއްޓަކީ އަތޮޅުތެރޭގެ ރައްޔިތުންނަށް ވޯޓުލުމަށް ބަހައްޓާފައިވާ ދެ ފޮށި ކަމަށް ވެސް ޝަރީފް ފާހަގަކުރެއްވި އެވެ.

2020 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ އިންތިހާބުގައި ވޯޓުލުމަށް ބަހައްޓާފައި ވަނީ 713 ފޮއްޓެކެވެ.

އަދި އިންތިހާބުގައި އެމްޑީޕީން، 826 ކެންޑިޑޭޓުން ޕީޕީއެމްއިން 647 ކެންޑިޑޭޓުން، ޖުމްހޫރީ ޕާޓީން 115 ކެންޑިޑޭޓުން،  އަދާލަތު ޕާޓީން  28 ކެންޑިޑޭޓުން، އެމްޑީއޭ އިން 20 ކެންޑިޑޭޓުން، އެމްއާރްއެމް އިން 15 ކެންޑިޑޭޓުން، އެމްއެލްއެސްޑީޕީ އިން 4 ކެންޑިޑޭޓުން އަދި ޑީއާރުޕީ އިން 1 ކެންޑިޑޭޓް ވާދަކުރި އެެވެ. އަމިއްލަ ގޮތުން  609 ކެންޑިޑޭޓަކު ބައިވެރިވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް