ads
ރައީސް ނަޝީދު
ބަލިވުމަކީ އަޅުގަނޑުގެ ސިޔާސީ ހަޔާތް ވަޅުލާވަރު ކުށެއްތޯ؟: ނަޝީދު
އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީން ލިބިނު ނާކާމިޔާބީ އަކީ އެމްޑީޕީގެ އަދި ކުރިޣެ ރައީސް ނަޝީދުގެ ސިޔާސީ ހަޔާތް ވަޅުލާވަރުގެ ކުށެއްތޯ؟ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގައި އެމްޑީޕީއަށް ބޮޑު ނާކާމިޔާބީ އަކާއި ވަނީ ކުރިމަތިލާން ޖެހިފައެވެ. ހާއްސަކޮށް މާލޭ ސިޓީ ކައުންސިލުން އެމްޑީޕީއަށް ވަނީ ބޮޑު ނާކާމިޔާބީއަކާއި ކުރިމަތިލާން ޖެހިފައެވެ.

އެ އިންތިހާބުގައި އެމްޑީޕީއަށް ނާކާމިޔާބީ ކުރިމަތިވީ ސަރުކާރުގެ ތެރެއިން މިފަހުން ފެންމަތިވަމުންދިޔަ ކޮރަޕްޝަނުގެ މައްސަލަތަކުގެ ސަބަބުން ކަމަށް ދެކިވަޑައިގަންނަވަންތޯ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިއަކު ސުވާލު ދެންނެވުމުން ރައީސް ނަޝީދު ވިދާޅުވީ، އެންމެ ފުރަތަމަ ޖެހޭނީ އެންމެން އެކީގައި އިށީދެ މިވީ ކިހިނެތްތޯ ބަލައިލާން ކަމަށެވެ. 

 އޭގައި އެމަނިކުފާނުގެ އަދި އެމްޑީޕީގެ އިތުރު މީހެއްގެ ކުށެއް އެބައޮތްތޯވެސް ބަލަންޖެހޭ ކަމަށާއި ކޮންމެވެސް އެއް ބޭފުޅެއްގެ ކުށެއް އޮންނަންވާނެ ކަން ގަބޫލުކުރައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. 

އެހެންނަމަވެސް އެކަމަކީ އެމަނިކުފާނުގެ އަދި އެމްޑީޕީގެ ސިޔާސީ ހަޔާތް ވަޅުލާވަރުގެ ކުށެއްތޯ ނިންމަވާނީ ރައްޔިތުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. 

" އަޅުގަނޑުގެ ކުށަކީ ކޮބާތޯ؟ ރައީސް ސޯލިހްގެ ކުށަކީ ކޮބާތޯ؟ މި ކުށް އަޅުގަނޑުމެން ދެމީހުންގެ ތެރޭގައި އުޅެންޖެހޭނެ. އޭގައި އެއްވެސް ޝައްކެތް ނެތް. ދެން އަޅުގަނޑުމެންގެ ސިޔާސީ ހަޔާތް ވަޅުލާވަރުގެ ކުށެއްތޯ އެއީ؟ އެކަން ރާއްޖޭގެ ރައްޔިތުން ނިންމަވަމުން ގެންދާނެ. އަދި ޓްވިޓާއަކުން ނުވަތަ އެކަހަލަ ބާވަތުގެ ޕްރެޝާއަކުން އެކަހަލަ ކަމެއް ވާގޮތެއް ނުވާނެ. އަޅުގަނޑުމެންނަށްވެސް ރާއްޖޭގެ ރައްޔިތުންގެ ސިޔާސީ ވިންދު އިނގޭ" ރައީސް ނަޝީދު ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި މާލެސިޓީގެ 18 ދާއިރާއެއްގެ ވޯޓުލުން އިއްޔެ ކުރިއަށް ގޮސްފައި ވާއިރު، އޭގެ ތެރެއިން އެމްޑީޕީއަށް ލިބުނީ އެންމެ ހަތް ގޮނޑިއެވެ. ބާކީ 11 ގޮނޑި ވެސް ކާމިޔާބު ކޮށްފައި ވަނީ އިދިކޮޅު ޕީޕީއެމް އިންނެވެ. އަދި މާލޭ ސިޓީ މޭޔަރުކަންވެސް ނަގާފައިވަނީ ބޮޑުތަފާތަކުން ޕީޕީއެމްއެވެ.

މާލޭ ސިޓީގައި ޕީޕީއެމްއިން ކުރިމަތި ލާފައި ވަނީ 13 ގޮޑިއަށެވެ. އޭގެ ތެރެއިން 11 ގޮނޑި އެމީހުން ކާމިޔާބު ކޮށްފައި ވާއިރު އެއް ދާއިރާ ފިޔަވާ އެހެން ހުރިހާ ދާއިރާ އަކަށްވެސް އެމްޑީޕީއިން ވަނީ ކުރިމަތި ލާފައެވެ. އަދި އެއްދާއިރާގެ ގޮނޑި އެމީހުންނަށް ވަނީ އޮޓޯއިން ލިބިފައެވެ.

އައްޑޫސިޓީއަކީ އަބަދުވެސް އެމްޑީޕީއަށް ބޮޑު ތާއީދެއް ލިބޭ، ސިޓީއަަކަށް ވާއިރު، މިފަހަރު އައްޑު ސިޓީއިން ވެސް ކައުންސިލްގެ 12 ގޮނޑިގެ ތެރެއިން ހަ ގޮނޑި އިދިކޮޅުން ވަނީ ކާމިޔާބު ކޮށްފައެވެ. ބާކީ އިން ހަ ގޮނޑި އެމްޑީޕީއަށް ލިބުނުއިރު އައްޑޫ ސިޓީގެ މޭޔަރުކަން އެމްޑިޕީއިން ނެގާފައިވެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް