ads
އެމްޑީއެން އުވާލުމަށް ގޮވާލާ ވިލިމާލޭގައި މުޒާހާރާ ކޮށްފި
މޯލްޑިވްސް ޑިމޮކްރަސީ ނެޓްވާކް (އެމްޑީއެން) އުވާލުމަށް ގޮވާލާ ވިލިމާލޭގަ މުޒާހާރާކޮށްފިއެވެ.
މޯލްޑިވްސް ޑިމޮކްރަސީ ނެޓްވާކް (އެމްޑީއެން) އުވާލުމަށް ގޮވާލާ ވިލިމާލޭގައި މުޒާހާރާކޮށްފިއެވެ.

ރާއްޖޭގެ ބައެއް ރަށްރަށުގައި އަންނަނީ ސިލްސިލާކޮށް މުޒާހަރާކޮށް އެމްޑީއެން އުވާލުމަށް ގޮވާލަމުންނެވެ.

އަމިއްލަ ފަރާތަކުން ވަނީ އެ ޖަމިއްޔާ އުވާލުމަށް އެދި ކޯޓަށްވެސް ހުށަހަޅާފައެވެ.

އިއްޔެ މާލޭގައިވެސް އެ ޖަމިއްޔާ އުވާލުމަށް ގޮވާލާ މުޒާހަރާ ކުރިއެވެ.

އިސްލާމް ދީނުގެ އަސާސުތަކާ ދެކޮޅަށް ބަހުރުވަހުރި ރިޕޮޓެއް 2015 ވަނަ އަހަރު އެ ޖަމިއްޔާއިން ނެރުނު ރިޕޯޓެއްގެ މައްސަލަ ފުލުހުން ވަނީ މިއަހަރު ބަލަން ފަށާފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި މި މައްސަލަ އިސްލާމިކް މިނިސްޓްރީއަށް ޖަމިއްޔަތުއް ސަލަފުގެ ފަރާތުން ހުށަހެޅި ނަމަވެސް އެ މައްސަލަ ނުބެލިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް