ads
އަލްހާން: ފޮޓޯ: ސަން
އަލްހާން އަށް ލިބުނީ އެންމެ 1 އިންސައްތަ ވޯޓު!
މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުން އަލްހާން ފަހުމީއަށް ލިބިފައިވަނީ އެންމެ 1 އިންސައްތަ ވޯޓު ކަމަށް އިންތިހާބުގެ ވަގުތީ ނަތީޖާއިން ދައްކައިފި އެވެ.

މިފަހަރުގެ އިންތިހާބުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް އަލްހާންގެ އިތުރުން ދެ ބޭފުޅަކު ކުރިމަތިލެއްވިއެވެ.

އެއީ ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރެއްވި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއާއި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެެއްވި އަނަސް އަބްދުއްސައްތާރު އެވެ. 

މި ތިން ކެނޑިޑޭޓުންގެ ތެރެއިން ބޮޑުތަފާތަކުން މޭޔަރުކަން ޑރ. މުއިއްޒު ކާމިޔާބު ކުރައްވާފައިވާކަމަށް ވަގުތީ ނަތީޖާތަކުން ދައްކާއިރު ދެން ތިބި ދެ ކެނޑިޑޭޓުންނަށް ވަނީ ނާކާމިޔާބީއާއި ކުރިމަތިލާން ޖެހިފައެވެ.

މި އިންތިހާބުގައި މޭޔަރުކަން ކާމިޔާބު ކުރެއްވި ޑރ. މުއިއްޒަށް މިހާތަނަށް 61 އިންސައްތަ ވޯޓު ލިބިފައިވެއެެވެ. އެއީ 9،555 ވޯޓެވެ. 

އަދި އަނަސް އަށް މިހާތަނަށް 5،768 ވޯޓާއިއެކު 36 އިންސައްތަ ވޯޓު ލިބުނުއިރު އަލްހާންއަށް މިހާތަނަށް ލިބިފައި ވަނީ 1.72 އިންސައްތަ ވޯޓެއެވެ. އެއީ ޖުމުލަ 268 ވޯޓެއެވެ. 

އެހެންކަމުން މިފަހަރުގެ މޭޔަރު ކަމުގެ ރޭހުން އެންމެ ފުލުގައި އުޅުއްވަނީ އަލްހާން އެވެ. 

އަލްހާންއަކީ އަމިއްލަ ގޮތުން ކުރިމަތިލާފައިވާ ކެނޑިޑޭޓަކަށް ވާއިރު އަލްހާން ވަނީ މި އިންތިހާބުގައި މޭޔަރުކަމަށް ހޮވިއްޖެނަމަ މާލޭ ސިޓީގެ ހިންގުމަށް ބޮޑު ބަދަލުތަކެއް ގެނެސް ދެއްވާނެކަމަށް ވައުދުވެފައެވެ. 

50%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް