ads
މޯލްޑިވިއަން--
އޭޕްރީލް 14 އިން 20 އާއި ދެމެދުގެ ޑާކާ ފްލައިޓުތައް ކެންސަލް: މޯލްޑިވިއަން
މިމަހު 14 އިން 20 އާއި ދެމެދުގެ ޑާކާ ފްލައިޓުތައް ކެންސަލްކޮށްފި ކަމަށް ގައުމީ އެއާލައިން، މޯލްޑިވިއަނުން ބުނެފިއެވެ.

މޯލްޑިވިއަން އިން ބުނީ، ޑާކާ ފްލައިޓުތައް ކެންސަލްކޮށްފައިވަނީ ބަންގްލަދޭޝުން އެގައުމަށް ކުރާ ހުރިހާ އިންޓަނޭޝަނަލް ފްލައިޓްތައް ވަގުތީ ގޮތުން ހުއްޓާލާފައިވާތީ ކަމަށެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީ އޮން ބަންގްލަދޭޝް އިން ވަނީ މިމަހު 14ވާ އަންނަ ބުދަ ދުވަހުން ފެށިގެން ހަފްތާ އަކަށް އެގައުމަށް އަދި އެ ގައުމުން ބޭރަށް ކުރާ އިންޓަނޭޝަނަލް ފްލައިޓުތައް ހުއްޓާލަން ނިންމާފައެވެ. 

މިއީ އެ ގައުމުގައި ކޮވިޑް ކޭސްތައް ގިނަވާން ފެށުމާއި ގުޅިގެން އެގައުމުގެ ސަރުކާރުން އަޅާފައިވާ ސަލާމާތީ ފިޔަވަޅެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް