ads
ބަނގުލަދޭޝް:
ވައިގެ މަގުން ކުރާ ހުރިހާ ދަތުރެއް ބަނގުލަދޭޝް އިން ހުއްޓާލަނީ
ބައިނަލްއަގުވާމީ އަދި ގައުމުގެ އެތެރޭގައި ވައިގެ މަގުން ކުރާ ހުރިހާ ދަތުރެއް ހުއްޓާލަން ބަންގުލަދޭޝް އިން ނިންމައިފިއެވެ.

ދަތުރުތައް ހުއްޓާލާނީ އަންގާރަ ދުވަހުން ފެށިގެންނެވެ. 

މިގޮތައް ނިންމާފައިވަނީ އެގައުމުގައި ކޮވިޑް 19 ގެ ހާލަތު ގޯސް ވުމާއި ގުޅިގެންނެވެ. 

"އޭޕްރީލް 14 ވަނަ ދުވަހުން ފެށިގެން އެއް ހަފްތާއާއަށް ވަގެމަގުން ކުރާ ހުރިހާ ދަތުރެއް ހުއްޓާލާނެ،" - ބަނގުލަދޭޝް ސިވިލް އޭވިއޭޝަން އޮތޯރިޓީ-

މިގޮތައް ނިންމުމުގެ ސަބަބުން އެގައުމަށް ދަތުރު ކުރުމަށް ނިންމާފައިވާ 500 ފްލައިޓު ކެންސަލްވާނެއެވެ. 

ބަނގުލަދޭޝްގައި މިދިޔަ ހުކުރު ދުވަހު 7462 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ. ބަނގުލަދޭޝްގައި މިހާތަނަށް ޖުމްލަ 684،756 މީހުން ކޮވިޑް 19 ޖެހުނުކަމަށް ރިޕޯޓުކޮށްފައިވެއެވެ. އަދި އެ ބަލީގައި މަރުވެފައިވަނީ 9،739 މީހެކެވެ. 2020 ވަނަ އަހަރު ބަނގުލަދޭޝް އެއްކޮށް ލޮކްޑައުން ވެސް ކުރިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް