ads
ޑައިވު ކުރަނިކޮށް ހާލުދެރަވި މީހަކު މާލެ ގެންނަނީ
ޑައިވްކުރަން އުޅުމުގެ ތެރޭގައި ޑިކޯވެ ހާލުދެރަވެ، ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ މީހަކު، ޞިއްޙީ އިތުރު ފަރުވާއަށް އެމްއެންޑީއެފް ސަދަން އޭރިއާގެ އެހީތެރިކަމާއެކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި، މިއަދު 15:35 ހާއިރު މާލެ ގެނެސްފިއެވެ.

ސިފައިން ބުނީ މީމީހާއަކީ އިއްޔެ ޑައިވްކުރަން އުޅުމުގެ ތެރޭގައި ޑިކޯވި އުމުރުން 35 އަހަރުގެ ފިރިހެންކަމަށެވެ.
މި ޒުވާނާ މާލެ ގެނެސްދީފައިވަނީ ސިއްޙީ އިތުރު އަވަސް ފަރުވާއަށް މާލެ ގެންދިއުމަށް ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުން މި މީހާ ބެއްލެވި ޑޮކްޓަރުން މިއަދު ލަފާދެއްވުމުންނެވެ. މިހާރު މި މީހާ ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންދެވިފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް