ads
ވެމްކޯގެ މުވައްޒަފުން ކުނި ނަގަނީ--
ރޯދަމަހު ކުނި ނަގާނީ ރޭގަނޑު 10 ކުން 11 އަށް
1142 ވަނަ ރޯދަ މަހުގައި ކުނި ނަގާނީ ރޭގަނޑު 10 ކުރިން 11 އަށް ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފި އެވެ.

ވެމްކޯއިން ބުނެފައި ވަނީ މިފެށޭ ރޯދަމުހައި ކުނި ނެގުމުގެ މަސައްކަތަށް ވަނީ ބަދަލު ގެނެސްފައި ކަމަށެވެ. އެގޮތުން ގްރޭޓާ މާލޭ ސަހަރައްތުގެ ގޭބީސީތަކުން ކުނި ނެގުމަށް ވެމްކޯއިން ކަނޑައަޅާފައި ވަނީ ރޭގަނޑު 22:00- 23:00 އަށެވެ. 

މާލޭ، ހުޅުމާލޭ އަދި ވިލިމާލޭ ރަށްޔިތުން އެ ގަޑީރު ތެރޭގައި ކުނި ނެރުމަށް ވެމްކޯއިން ވަނީ އިލްތިމާޒުކޮށްފަ އެވެ.

ކޮވިޑް 19 އާ ގުޅިގެން ވެމްކޯއިން ވަނީ ކުނިނެގުމުގެ ވަގުތުތަކަށް ބަދަލު ގެނެސްފަ އެވެ. އެގޮތުން  ބައެެއް ފަރާތްތަކުން މާލޭގެ މަގުތަކަށް ހެނދު ވަގުތު ވެސް ކުނި ކޮތަޅުތައް ނެރެމުންދާތީ އެކަމާ ގުޅިގެން ވެމްކޯ އިން ކުރި ޓްވީޓެއްގައި ވަނީ ރޭގަނޑު 10:00 ގެ ކުރިން ކުނި ގެެއިން ނުނެރުމަށް އެދިފަ އެވެ. 

އަދި 10 ޖެނުވަރީއިން ފެށިގެން ވެމްކޯ އިން ކުނި ނަގަން ހަމަޖައްސާފައި ވަނީ ރޭގަނޑު 10:00 އިން ފެށިގެން ރޭގަނޑު 12:00 އާ ހަމައަށެވެ. އެހެންކަމުން، ކުނި ނެރެން ޖެހޭނީ އެ ދެ ގަޑިިއިރުގެ ތެރޭގައި ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ނަމަވެސް މި ފެށޭ ރޯދަމާ ގުޅިގެން ވެމްކޯއިން އަނެއްކާވެސް ވަނީ ކުނި ނެގުމަށް ހަމަޖެހިފައިވާ ގަޑިތަކަށް ބަދަލު ގެނެސްފަ އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް