ads
އާލިއާ ބަޓް
ކަރަންޓީނުގައި ހުރެގެން އާލިއާ ރާއްޖެ ހަދާން ކުރަނީ
ބޮލީވުޑްގެ މަޝްހޫރު ބަތަލާ އާލިއާ ބަޓް ކޮވިޑް 19 އަށް ޕޮޒިޓިވްވެ އޭނާ ކަރަންޓީނުގައި ހުންނަތާ މިހާރު ހަފްތާއަކަށް ވުރެ ގިނަދުވަސް ވެދާނެ އެވެ.

އޭނާގެ ލޯބިވެރިޔާ ރަންބީރު ކަޕޫރް ކޮވިޑުން ރަނގަޅުވިތާ މާގިނަ ދުވަސްތަކެއް ނުވަނީސް އާލިއާ ވަނީ ކޮވިޑް 19 އަށް ޕޮޒިޓްވެފަ އެވެ.

ކަރަންޓީނުގައި ހުރެގެން އާލިއާ ވަނީ އޭނާ އެންމެ ފަހަށް ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާ ފޮޓޯއެއް ހިއްސާކޮށްފަ އެވެ. އަދި އޭނާ ރާއްޖެ މަތިން ވަރަށް ހަދާންވާ ކަަމށް ވެސް އާއިލާ ވަނީ ބުނެފަ އެވެ.

އާލިއާ ބަޓް އެންމެ ފަހުން މަސައްކަތް ކުރަމުން ދިޔަ ފިލްމު ކަމަށްވާ ބްރަމާސްތްރަގައި މަސައްކަތްކުރި މީހުންގެ ތެރެއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި އެ ފިލްމުގެ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ އިތުރުން ރަންބީރު ކަޕޫރު ވެސް ހިމެނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް