ads
ދޯނީ ދަރިފުޅާއެކު ކާރު ދޮވެ އިންޑިއާ މީހުންގެ ކުޑައިރުގެ ހަނދާންތައް އާކޮށްދީފި!
އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ މަހެންދްރަ ސިންގް ދޯނީ އާއި އޭނާގެ ދަރިފުޅު ޒީވާ، އުޅަނދެއް ދޮންނަ ވީޑިއޯއަކަށް އިންޑިއާގެ ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ.
އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ މަހެންދްރަ ސިންގް ދޯނީ އާއި އޭނާގެ ދަރިފުޅު ޒީވާ، އުޅަނދެއް ދޮންނަ ވީޑިއޯއަކަށް އިންޑިއާގެ ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ.

ގިނަބައެއްގެ ސަމާލުކަމަށް މިކަން އައިސްފަނީ އެއީ އެމީހުން ކުޑައިރުގެ ހަނދާންތައް އާކޮށްދޭ ވީޑިއޯއެއް ކަމަށްވާތީއެވެ.

ބައްޕައެކޭ އެއްގޮތަށް ޒީވާ ވެސް ފެނިގެންދަނީ ކާރާއި ބައިކް ފަދަ އުޅަނދުތަކަށް ލޯބިކުރާ ކުއްޖެއްގެ ގޮތުގަ އެވެ. އެކަން އެމްއެސް ދޯނީ އާއި އޭނާގެ އަންހެނުން ސޯޝަލް މީޑިއާއަށް ހިއްސާކުރާ ފޮޓޯތަކުން ވެސް އެނގެ އެވެ.

ދާދިފަހުން އެމްއެސް ދޯނީ ޖީޕެއް ގަނެފައިވާއިރު އޭނާ މިވަނީ އުމުރުން ހަތަރު އަހަރުގެ ދަރިފުޅާއެކު އެ އުޅަނދު ސާފުކުރާ ވީޑިއޯއެއް އާންމުކޮށްފަ އެވެ.

" ބޮޑު އުޅަނދެއް ސާފުކުރާއިރު ލިބޭ ކިތަންމެ ކުޑަ އެހީއަކީ ވެސް ވަރަށް ހާއްސަ އެހީތެރިކަމެއް" އެމް އެސް ދޯނީ ބުންޏެވެ.

އިއްޔެ އާންމުކުރި އެ ވީޑިއޯއަށް 4.4 މިލިއަން ވިއުސް މިހާރު ވަނީ ލިބިފަ އެވެ.

އެސްއެމް ދޯނީ ފެނިގެންދާ ކްރިކެޓް މެޗުތައް ބެލުމަށް ޒީވާ ދަނޑަށް ވެސް ގޮސް ހަދަ އެވެ.

ސުޝާންތު ސިންގް ރާޖުޕުތު ލީޑު ރޯލުން ފެނިގެންދާ ގޮތަށް އެމްއެސް ދޯނީގެ ހަޔާތަށް ފިލްމެއް ވެސް ވަނީ ނެރެފަ އެވެ. އެ ފިލްމަށް ބެލުންތެރިންގެ ފަރާތުން ވެސް ބޮޑު ތަރުހީބެއް ލިބުނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް