ads
ފޮޓޯ--ކެބް އެމްވީ
ކެބް އެމްވީ އިން ޑްރައިވަރުންނަށް ހާއްސަ ރޯދަ ހަދިޔާއެއް
ކެބް އެމްވީ އިން ޑްރައިވަރުންނަށް ހާއްސަ ރޯދަ ހަދިޔާއެއް ދީފިއެވެ.

އެ ސެންޓަރުން ބޭނުން ކުރަމުން އަންނަ "ޒެލޯ" އެޕްލިކޭޝަން ބޭނުން ކުރުމަށްޓަކައި، ޑްރައިވަރުން މަހަކު 100 ރުފިޔާ ދައްކަން ޖެހެއެވެ. 

ނަމަވެސް ރޯދަ މަހާއި ގުޅުވައިގެން ރޯދަ ހަދިޔާއެއްގެ ގޮތުގައި މި މަހު ޑްރައިވަރުންނަށް ހިލޭ އެ އެޕްލިކޭޝަން ބޭނުން ކުރެވޭ ގޮތް އެކުންފުނިން ވަނީ ހަމަޖައްސާފައެވެ. އަދި މިމަހުގެ ތެރޭގައި އަލަށް ކެބް އެމްވީއާއި ގުޅޭ ފަރާތްތަކަށްވެސް މި ޕްރޮމޯޝަންގައި ބައިވެރި ވެވޭނެ ކަމަށް ކެބް އެމްވީގެ މެނޭޖިން ޑިރެކްޓާ ހަބީބް ވިދާޅުވިއެވެ. 

ކުންފުނި ހަދައިގެން ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި މި އެޕްލިކޭޝަން ހިލޭ ބޭނުން ކުރަން ދޫކޮށްފައި ވާނެ ކަމަށާއި ނަމަވެސް އޭގެ ފަހުން ކޮންމެ ޑްރައިވަރެއް އަތުން 100 ރުފިޔާ ނަގަމުން އައި ކަމަށް ކެބް އެމްވީ އިން ބުންޏެވެ. 

އަދި ރޯދަ މަސް ނިމުމަށް ފަހުގައި ވެސް ހެޔޮ ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާ ކަމަށް ވެސް ކެބް އެމްވީ އިން ބުންޏެވެ.

މާލެ ސިޓީގެ އިތުރުން އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ، ކުޅުދުއްފުށި ސިޓީ އަދި ލ.އަތޮޅުގައި ކެބްއެމްވީގެ ހިދުމަތްތައް ދެމުން ގެންދެއެވެ. މިއީ އެންމެ ފުޅާ ދާއިރާއެއްގައި މުޅި ރާއްޖޭގައި ޓެކްސީގެ ހިދުމަތް ދެމުންގެންދާ އެއް ސެންޓަރެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް