ads
ވެކްސިން ކާޑެއް
ދެ ދުވަސް ފަހުން އެޗްޕީއޭއިން ވެކްސިން އަޕްޑޭޓްސް އާންމުކޮށްފި
ދެ ދުވަސް ފަހުން އެޗްޕީއޭއިން ވެކްސިން އަޕްޑޭޓްސް އާންމުކޮށްފިއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް ރާއްޖޭގައި ފަށާފައިވާ ވެކްސިން ކެމްޕެއިނުގެ ދަށުން އިއްޔެ ވެކްސިން ޖެހީ 8568 މީހުންނެވެ.

އިއްޔެ ވެކްސިންގެ ފުރަތަމަ ޑޯޒު 2207 މީހަކު ޖާހާފައިވާއިރުގައި އެއީ މާލެ ސަރަހައްދުން 412 މީހުންނާއި އަތޮޅުތެރެއިން 1795 މީހެކެވެ.

ވެކްސިންގެ ދެވަނަޑޯޒް ޖަހާފައި ވަނީ 6361 މީހުނެވެ. އެއީ  މާލެ ސަރަހައްދުން 5,225 މީހުންނާއި އަތޮޅުތެރެއިން 1,136 މީހެކެވެ.

މުޅި ރާއްޖެއިން ޖުމްލަކޮށް ވެކްސިންގެ ފުރަތަމަ ޑޯޒު 273660 މީހެއް ޖަހާފައި ވާއިރު، ދެވަނަ ޑޯޒު ޖަހާފައި ވަނީ 25369 މީހުންނެވެ. 

ރޯދަ މަހު ކޮވިޑުން ދިފާއުވުމަށް ވެކްސިން ދޭނީ ރޭގަނޑު 9 އިން 11 އަށް ކަމަށް ހެލްތް ޕްރޮޓެކްޝަން އެެޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފަ އެވެ.

އެގޮތުން ހަ ސެންޓަރެއްގައި ދޭނީ ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ކަމުގައި އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.އަދި ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒް ދޭނީ  ޓްރީޓޮޕް ހޮސްޕިޓަލުގައެވެ. އެ ހޮސްޕިޓަލްގައި ވެކްސިން ދޭނީވެސް ރޭގަނޑު 9 އިން 11 އަށެވެ.

ކޮވިޝީލީޑް ވެކްސިންގެ ދެވަނަ ޑޯޒް ދޭނީ ސޯޝަލް ސެންޓަރާއި ނެޝަނަލް އާޓް ގެލަރީ އާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އާއި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރު އާއި ވިލިމާލެ ޒުވާނުންގެ މަރުކަޒު އަދި ސެނެހިޔާގައި ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް