ads
މެންބަރު ފަލާހު (ކ) ސައީދު (މ) ޝާހު (ވ) -
އިންތިހާބުން ބަލިވެ، ޖޭޕީގެ ކެނޑިޑޭޓެއްގެ ފާޑުކިއުންތަކެއް އެ ޕާޓީއަށް!
ޖުމްހޫރީ ޕާޓީގެ ކައުންސިލު މެންބަރު މުހައްމަދު ސައީދު (ބޮކި ސައީދު) ވަރަށް ބޮޑަށް ޖުމްހޫރީ ޕާޓީއަށް ފާޑު ވިދާޅު ވެއްޖެެއެވެ.

އެގޮތުން ސައީދު ވިދާޅުވީ، ޖުމްހޫރީ ޕާޓީން ކޮންމެ ރިިޔާސީ އިންތިހާބަކަށް ކުރިމަތިލާންވުމުން އެ ޕާޓީގެ އާންމު މެންބަރުން އެއީ ބަޔަކަށްވާ ކަމަށެވެ. އަދި އެ ޕާޓީގެ އާންމު މެންބަރުން ކަންބަޅިތަކެއް ފަދައިން ގުރުބާން ކޮށްލާކަމަށް ވެސް ވިދާޅުވިއެވެ. 

އެހެންނަމަވެސް ރިޔާސީ އިންތިހާބު ނިމުމުން ޕާޓީގެ ލީޑާޝިޕް އޮންނަނީ ކޯމާއެއްގައި ކަމަށް ސައީދު ވިދާޅުވިއެވެ. އަދި ޕާޓީގެ މެމްބަރުން އެފަހުން ތިބެން ޖެހެނީ ވާނުވާއެއްގައި ކަން ފާހަގަކުރައްވަމުން ސައީދު ވަނީ މިއީ ހައްލު ހޯދަން ޖެހިފައިވާ މުހިންމު ކަމެއް ކަމަށް ވިދާޅުވެފަ އެވެ. 

ސައީދަކީ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރެއްގެ އިތުރުން އެ ޕާޓީގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވަމުން އަންނަ ބޭފުޅެކެވެ. އަދި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވެސް ވަރަށް އަރިސް ބޭފުޅެކެވެ. 

ސައީދު ވަނީ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލު އިންތިހާބުގައި މާފަންނު ހުޅަނގު ދާއިރާއަށް ވާދަކުރައްވާފައެވެ. ނަމަވެސް އޭނާ ވަނީ އެ ދާއިރާއިން ނާކާމިޔާބުވެފައެވެ. އޭނާ އަށް ލިބިފައިވަނީ 90 ވޯޓެ އެެވެ. އެއީ 11.99 އިންސައްތަ ވޯޓް އެވެ. 

އެ އިންތިހާބުގައި މާފަންނު ހުޅަނގު ދާއިރާއަށް ސައީދުގެ އިތުރުން ހަތަރު ބޭފުޅަކު ވާދަކުރައްވާފައިވެއެވެ. އެއީ އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވި މުހައްމަދު ޝާހް އާއި، ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރެއްވި، އިބްރާހިމް އަބޫބަކުރު އަދި އެމްއާރްއެމްއިން ވާދަކުރެއްވި ހުސެއިން އަކްޝަރުގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރެއްވި އިސްމާއިލް ރަޝީދު އެވެ. 

މި ގޮނޑި ކާމިޔާބު ކުރައްވާފައިވަނީ އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވި މުހައްމަދު ޝާހް އެވެ. 

ޖޭޕީއިން ވަނީ މި އިންތިހާބުގައި ޖުމުލަ 114 ދާއިރާއަކަށް ކުރިމަތިލާފައެވެެ. އޭގެ ތެރެއިން ކާމިޔާބުވެފައިވަނީ އެންމެ 20 ދާއިރާގެ ގޮނޑިއެވެ. އެއީ އަތޮޅު ކައުންސިލްގެ ރައީސް ކަމުގެ ތިން ގޮނޑިއަކާއި، އަތޮޅު ކައުންސިލް މެންބަރުގެ 17 ގޮނޑިއެކެވެ. 

ސިޓީ ކައުންސިލްއަށް ކުރިމަތިލި ހަ ގޮނޑިވެސް އަދި އަތޮޅު ކައުންސިލަށް ކުރިމަތިލި ތިން ގޮނޑިންކުރެ އެއްވެސް ގޮނޑިއެއްވެސް ޖޭޕީއަށް ލިބިފައެއް ނުވެއެވެ. 

ކޮންމެ ފަހަރަކު ވެސް ރިޔާސީ އިންތިހާބަށް ސިޔާސީ ޕާޓީތަކާއި ކޯލިޝަން ހަދައި އިންތިހާބު ކާމިޔާބު ކުރުމަށް ޖޭޕީގެ އިސް ލީޑަރުން ހިމެނޭގޮތަށް މެމްބަރުން ބޮޑެތި ކެމްޕެއިންތަކެއް ކުރެއެވެ. އެހެންނަމަވެސް އިންތިހާބު ނިމުމުން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ހިމެނިވަޑައިގަންނަވާގޮތަށް ލިޑާޝިޕްގެ މާ ބޮޑު މަސައްކަތްތަކެއް ކުރާތަނެއް ނުފެނެއެވެ. މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައިވެސް ޖޭޕީގެ ލީޑާޝިޕްގެ މާބޮޑު ދައުރެއް ފެނިފައެއް ނުވެއެވެ.  

55%
ކަމުގޮސްފި
27%
އަޑުއެހިތާ މިހުރީ
9%
ސަތޭކައަކުން ސުމެއް
9%
ވަރަށް ސަލާމް
ކޮމެންޓްސް