ads
އެމްޕީއެލްގެ ބަސް-- ފޮޓޯ: ޕީއެސްއެމް ނިއުސް
މީގެފަހުން ބަސް ދަތުރު ކުރާނަމަ ބޭނުން ކުރަންޖެހޭނީ ބަސް ކާޑު!
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މާލެ އާއި ހުޅުމާލެއާ ދެމެދު ކުރާ ބަސް ދަތުރުތަކަށް ޓިކެޓު ވިއްކުން ހުއްޓާލަން ނިންމައިފި އެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މާލެ އާއި ހުޅުމާލެއާ ދެމެދު ކުރާ ބަސް ދަތުރުތަކަށް ޓިކެޓު ވިއްކުން ހުއްޓާލަން ނިންމައިފި އެވެ.

ޓިކެޓު ވިއްކުން ހުއްޓާލަން އެމްޕީއެލްއިން ނިންމާފައިވަނީ މާލެ އާއި ހުޅުމާލޭގެ އިތުރުން ހުޅުލެއަށް ކުރާ ބަސް ދަތުރުތަކަށް ހާއްސަކޮށް ބަސް ކާޑެއް ތައާރަފުކޮށްފައިވާތީ އެވެ. މިހާރު ވެސް ބަސް ކާޑު ބޭނުންކޮށްގެންނާއި ޓިކެޓު ވިއްކައިގެން ބަހުގެ ހިދުމަތް ދެމުން އައި ނަމަވެސް އެމްޕީއެލުން ބުނީ އަންނަ މަހުން ފެށިގެން ބަހުގެ ހިދުމަތް ދޭނީ ހަމައެކަނި ބަސް ކާޑު ބޭނުން ކޮށްގެން ކަމަށެވެ.

ޓިކެޓު ވިއްކާލުން ހުއްޓާލަން ނިންމިއިރު މާލެ އާއި ހުޅުމާލެ އަދި ހުޅުލެއަށް ކުރާ ދަތުރުތަކަށް ނަގަނީ ދިހަ ރުފިޔާ އެވެ.

މާލެ/ ހުޅުލެ އަދި ހުޅުމާލެ އަށް ދަތުރުކުރަން ހާއްސަކޮށް ތައްޔާރުކޮށްފައިވާ ކާޑު ވިއްކާ އަގަކީ 20ރ. އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް