ads
ރާހުލް ރޯއީ ---
ރާހުލް ރޯއީ އާއި އޭނާގެ އާއިލާ ކޮވިޑަށް ޕޮޒިޓިވް
އާޝީގީ ފިލްމުން ގިނަ ބައެއްގެ ތެރޭ މަގުބޫލުކަން ހޯދި ތަރި ރާހުލް ރޯއީ އަދި އޭނާގެ އާއިލާވެސް ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ރާހުލް އޭނާގެ އިންސްޓަގްރާމްގައި މިއަދު ކުރި ޕޯސްޓެއްގައި ވަނީ އޭނާގެ ކޮއްކޮ ޕްރިޔަންކާ ރޯއީ އަދި ޕްރިޔަންކާގެ ފިރިމީހާ، ރޮމީރް ސެންވެސް ކޮވިޑަށް ޕޮޒިޓިވްވެފައި ވާކަމަށް ބުނެފައެވެ.

އޭނާގެ އިންސްޓަގްރާމް ޕޯސްޓުގައި، ރާހުލް ވަނީ މިއަދަކީ އޭނާ ކަރަންޓީނުގައި ހުންނަތާ 19 ވަނަ ދުވަސް ކަމަށް ބުނެފައެވެ. 

އޭނާ ދިރިއުޅޭ އެޕާޓްމަންޓް ފްލޯ މިދިޔަ މަހު 27ގައި ބަންދު ކުރީ އަވަށްޓެރިއަކު ކޮވިޑަށް ޕޮޒިޓިވްވުމުން ކަމަށާއި، އޭގެ ފަހުން އެމީހުން ތިބީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އަމިއްލަ އަށް ކަރަންޓީނު ވެގެން ކަމަށް ރާހުލް ބުނެފައިވެއެވެ. 

މީގެ އިތުރުން އާދިއްތަ ދުވަހު ދެއްލީ އަށް ދަތުރު ކުރަން ހަމަޖައްސާފައި ވުމުން، މިދިޔަ ހަފްތާގެ ބުދަ ދުވަހު ކޮވިޑަށް ޓެސްޓު ކުރި ކަމަށް ރާހުލް ބުނެފައިވެއެވެ. އަދި ޕްރިޔަންކާއާއި ރޮމީރް އަދި ރާހުލްވެސް ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ ހޮނިހިރު ދުވަހު ރިޒަލްޓު ލިބުމުން ކަމަށް މި ޕޯސްޓުގައި އޭނާ ބުނެފައިވެއެވެ.

ޕޮޒިޓިވްވި އިރު އެއްވެސް މީހެއްގެ ގައިން ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަކަން ރާހުލް އޭނާގެ ޕޯސްޓުގައި ފާހަގަ ކުރިއެވެ. 

ރާހުލް ވަނީ ޕޮޒިޓިވްވެފައި ވަނީ އެއްވެސް މީހަކާ ކޮންޓެކްޓު ނުވާތާ ވަރަށް ގިނަ ދުވަސް ވެފައި ވަނިކޮށްކަން ފާހަގަ ކޮށްފައެވެ. އަދި ކުޑަމިނުން ކަސްރަރު ކުރަންވެސް ބޭރަށް ނުދާ ކަމަށާއި، އެހެން ކަމުން ބަލި ޖެހުނު ގޮތެއް ނޭނގޭ ކަމަށް ބުނެފައެވެ. އަދި އޭނާޣެ ކޮއްކޮ މިހާރު ގެއިން ނުނިކުމެ އުޅޭތާ ތިން މަސްވެއްޖެ ކަމަށްވެސް ރާހުލް ބުނެފައި ވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް