ads
ފައިޒާ ވެކްސިން
ފައިޒާ ވެކްސިން ޖަހަން ދާއިރު ގަޑިއަށް ސަމާލު ވުމަށް އެޗްޕީއޭއިން އެދެފި
ފައިޒާ ވެކްސިން ޖެހުމަށް ރަޖިސްޓްރީކޮށް، އެޕޮއިންޓުމަންޓް ދިނުމުން، އެޕޮއިންޓުމަންޓު ދީފައިވާ ދުވަހު އެ ގަޑިއަކަށް ވެކްސިން ޖަހަން އައުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން އެދިއްޖެ އެވެ.

ވެކްސިން ޖެހުމަށް އެޕޮއިންޓުމަންޓު ހަދާ މީހުން ގަޑިއަށް ހާޒިރު ވުމަށް އެޗްޕީއޭއިން އެދިފައިވަނީ މިއަދު ނެރުނު އިއުލާނެއްގައެވެ. 

އެގޮތުން ފައިޒާ ވެކްސިން މިހާރު ދެމުން އަންނަނީ 16 އަހަރުން މަތީގެ މީހުންގެ ތެރެއިން ދިގު މުއްދަތަކަށް ދާއިމީ ބައްޔަކަށް ބޭސްފަރުވާ ކުރާ މީހުނަށް ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި މި ކެޓަގަރީގައި ހިމެނޭ މީހުންގެ ތެރެއިން ވެކްސިން ޖެހުމަށް ރެޖިސްޓާ ނުކުރާ މީހުން ވީހާވެސް އަވަހަކަށް ވެކްސިން ޖެހުމަށް ރެޖިސްޓްރީ ވުމަށް އެޗްޕީއޭއިން އެދިފައިވެއެވެ.

އެޗްޕީއޭއިން މިވަގު ފައިޒާ ވެކްސިން ދެމުން އަންނަނީ މާލެ ސަރަހައްދުގައި އުޅޭ މީހުނަށް އެކަންޏެވެ. އަދި ފައިޒާ ވެކްސިން ދިނުމަށް ނިންމާފައިވަނީ ރާއްޖެއަށް ލިބިފައިވާ ފައިޒާ ވެކްސިންގެ މުޅި އަދަދުން ދެ ޑޯޒު ފޯރުކޮށްދެވޭނެ އަދަދަށް ބަލައިގެން ކަމަށް އެޗްޕީއޭއިން ބުނެއެވެ. 

ރާއްޖެއަށް ފައިޒާ ވެކްސިން ލިބިފައިވަނީ ކޯވެކްސް ފެސިލިޓީން ނެވެ. އަދި މި ވެކްސިން ޖަހަން ރަޖިސްޓްރީ ކޮށްފައިވާ މީހުނަށް އެޕޮއިންޓްމަންޓު ދީގެން، ވެކްސިން ޖަހަން ފަށާފައިވަނީ އާދިއްތަ ދުވަހު އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް