ads
އަންނާރުބެރީ ސްމޫތީ____ފޮޓޯ:ސީއެންއެމް
ސީއެންއެމް ބަދިގެ: އަންނާރުބެރީ ސްމޫތީ
ރޯދަމަހަށް ހާއްސަކޮށް ސީއެންއެމްއިން ގެނެސްދޭ “ސީއެންއެމް ބަދިގެ” ގައި ހިމަނާލާނީ ކޮންމެ ދުވަހަކުވެސް ރޯދަވީއްލުމަށް ގޭގައި ފަސޭހައިން ތައްޔާރު ކޮށްލެވޭނެ ކޮންމެވެސް ބުއިމެއް ނުވަތަ ކެއުމެކެވެ.

އެގޮތުން މިއަދުގެ ސީއެންއެމް ބަދިގޭގައި މިހުށަހަޅާލަ މިދެނީ މި ރޯދަމަހު ގޭގައި ފަސޭހައިން ތައްޔާރު ކޮށްލެވިދާނެ ބުއިމެއް ތައްޔާރުކޮށްލާނެ ގޮތެވެ. 

މިއަދުގެ ބުއިމަކަށް މި ހިމަނާލަނީ “ އަންނާރުބެރީ” ސްމޫތީ” އެވެ. 

މި ސްމޫތީ ތައްޔާރުކޮށްލުމަށް ބޭނުންވާނެ އެެެއްޗިއްސާއި ތައްޔާރު ކުރައްވާނެ ގޮތް ތިރީގައި އެވަނީއެވެ

ބޭނުންވާނެ ތަކެތި:

  • ފިނިކޮށްފައިވާ އަންނާރު ޖޫސް( ޕެކެޓުވިޔަސް ރަނގަޅުވާނެ)
  • ކިވީއެއް 
  • ވެނީލާ ޔޯގަޓް(ލޯ ފެޓު)
  • ފްރޯޒެން ބެރީސް

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ފިނިކޮށްފައިވާ އަންނާރު ޖޫސް މިހުރިހާ ސާމާނާ އެކު މިކްސަރުގައި ރަނގަޅަށް ގިރާލާށެވެ. ދެން ތަށްޓަށް މިކްސްކުރި ސްމޫތީ އަޅާލުމަށް ފަހު، ގާނިޝް ކުރަން ބޭނުން ނަމަ އެކަން ކޮށްލުމުން، “އަންނާރުބެރީ ސްމޫތީ“ މިހާރު ތިހުރީ ތައްޔާރުވެފައެވެ.

މި ސްމޫތީއަކީ ސިއްހަތަށް ވަރަށް ފައިދާކުރާނެ ރޯދަ ވީއްލާ ގަޑީގައި ނުވަތަ ތަރާވީސް ގަޑީގައިވެސް ބޯލަން ވަރަށް މީރު ބުއިމަކަށް ވާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް