ads
ހުޅުމާލެ --- ފޮތޯ: އެޗްޑީސީ
ހުޅުމާލެ މާސްޓާ ޕްލޭނަށް ދަ އާކިޓެކްޗާ މާސްޓާ ޕްރައިޒް ފަރާތުން ހޮނަރީ އަރުވައިފި
ހުޅުމާލެއަކީ، މާލޭގެ ތޮއްޖެހުމާއި ދިމާވެފައިވާ އެހެނިހެން ދަތިތަކަށް އިޖުތިމާއީ ގޮތުންނާއި އުމްރާނީ ގޮތުންވެސް މީހުންގެ ދިރިއުޅުމަށް ހިތްފަސޭހަ ތަނަކަށް ހެެދުމަށް ފުރިހަމަ މާސްޓާ ޕްލޭންއެއްގެ ދަށުން ތަރައްގީކުރަމުން އަންނަ ރަށެކެވެ.

ހުޅުމާލޭގެ މިމާސްޓާ ޕްލޭންގެ މަޝްރޫއަށް ވަނީ ބައިނަލްއަގުވާމީ ގޮތުން ގިނަ އިނާމްތަކެއް ލިބިފައެވެ. އެގޮތުން އެމެރިކާގެ ކުންފުންޏެއް ކަމުގައިވާ ދަ އާކިޓެކްޗާ މާސްޓާ ޕްރައިޒް (އޭއެމްޕީ) ގެފަރާތުން ކޮންމެ އަހަރަކު އާކިޓެކްޗާ ދާއިރާއިން ދެމުން ގެންދާ ދަ އާކިޓެކްޗާ މާސްޓާ ޕްރައިޒްގެ ހޮނަރަބަލް މެންޝަން އެވޯޑް އިން ލޭންޑްސްކޭޕް އާކިޓެކްޗާ / އާބަން ޕްލޭނިންގެ އެވޯޑު ވަނީ ހުޅުމާލެ މާސްޓާ ޕްލޭނަށްލިބިފައެެވެ. 

ދަ އާކިޓެކްޗާ މާސްޓާ ޕްރައިޒް އަކީ 1985 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އެކިހިސާބުތަކުގައި އާކިޓެކްޗާ އަދި އާބަން ޕްލޭނިންގް ގެ ރޮނގުން ފާހަގަކުރެވޭ މަސައްކަތްތަކުގެ އަގުވަޒަންކޮށް އެދާއިރާއިން މަސައްކަތްތަށް ޕްރޮމޯޓުކުރުމުގައި އިސް ރޯލެއް އަދާކުރަމުން އަންނަ ކުންފުންޔެކެވެ.

ހުޅުމާލެ މާސްޓާ ޕްލޭނަށް ހޮނަރަރީ އެވޯޑު އެރުވުމާއި ގުޅިގެން އެކުންފުނީގެ ވެބްސައިޓްގައިވަނީ ހުޅުމާލޭ މާސްޓާ ޕްލޭނަކީ ދެމެހެއްޓެނިވި ގޮތުގައި މީހުން ދިރިއުޅުމަށް ހިތްފަސޭހަ ގިނަ ޕްރޮޖެކްޓްތަކެއް ހިމެނިގެން ހަދާފައިވާ ޕްލޭންއެއްކަން ފާހަގަކުރައްވާފައެވެ.

ހުޅުމާލެ ޒަމާނީ ފެންވަރަށް ތަރައްގީކޮށް ހުޅުމާލޭގައި ދިރިއުޅެމުންދާ ރައްޔިތުންނަށާއި އެހެނިހެން ބޭނުންތަކަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ހިތްފަސޭހަ އަދި ގިނަ ހިދުމަތް ލިބޭނެތަނަކަށް ހެދުމަށް އެޗްޑީސީއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. 20 އަހަރުގެ ތަޖުރިބާ ލިބިފައިވާ އެކުންފުނިން އަންނަނީ ހުޅުމާލޭގެ އިތުރުން ރާއްޖޭގެ އެކިސަރަހައްދު ތަކުގައި މިފަދަ ގިނަ ރަށްތަކެއް ތަރައްގީ ކުރުމަށް ފަންނީ އެހީތެރިކަން ދިނުމަށް ނިންމާ ބިޔޯންޑް ހުޅުމާލޭގެ ނަމުގައި ވެސް މަސައްކަތްތަކެއް ކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް