ads
މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް --- ފޮޓޯ: މޯލްޑިވްސް ޕޮލިސް
ދެރަށަކުން މަސްތުވާތަކެތި ހޯދައި މީހަކު ހައްޔަރުކޮށްފި
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ދެ ރަށެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެތި ހޯދައި މީހަކު ހައްޔަރު ކޮށްފިއެވެ.

އެއް އޮޕަރޭޝަން ހިންގީ މާލެއިން ފުރައިގެން އދ. ދަނގެއްޗަށް ސަޕްލައި ދޯންޔަކުން އެރަށަށް މަސްތުވާ ތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިގަންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެންނެވެ. ފުލުހުންގެ އިންޓެލިޖެންސާއި އދ. ދަނގެތި ފުލުހުންނާއި ގުޅިގެން މި އެޕްރިލް މަހުގެ 14 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި، އެދޯނި ދަނގެތި ބަނދަރާއި ގާތްކުރުމުން ފުލުހުން ދޯންޏަށް އަރާ ބަލައިފާސްކުރުމުން މަސްތުވާ ތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 161 ރަބަރު ޕެކެޓު ފެނިފައިވެއެވެ. މި އޮޕަރޭޝަންގައި މިހާތަކަނަކަށް އެއްވެސް މީހެއް ހައްޔަރު ކޮށްފައެއް ނުވެއެވެ. 

މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބ. ތުޅާދޫގައި އޮޕަރޭޝަނެއް ހިންގާފައިވާއިރު، މިއޮޕަރޭޝަނަކީ ތުޅާދޫގައި މަސައްކަތްކުރާ ފުލުހުންނާއި، އޭދަފުށީގައި ފުލުހުން އަދި ފުލުހުންގެ އިންޓެލިގެންސް ގުޅިގެން މި އެޕްރިލް މަހުގެ 14 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ. މިއޮޕަރޭޝަނުގައި 35 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރު ކުރެވިފައެވެ. އަދި އޭނާ ދިރިއުޅޭ ތަން ބަލާ ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 53 ސެލޯފިންކޮޅާއި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވެއެވެ.

ފުލުހުން ދަނީ މިމައްސަލަތައް ތަހުގީގު ކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް