ads
ރައިސް ވެކްސިން ޖަހަނީ
ކަރަންޓީންނުވެ ރަށްރަށަށް ދިއުން ހުއްދަކުރުން: ރައީސްގެ އުފާވެރި މެސެޖެއް!
ދެވަނަ ޑޯޒު ޖަހާފައިވާ ފަރާތްތަކަށް ކަރަންޓީންނުވެ ދަތުރުކުރެވޭނެ ގޮތް ވަރަށް އަވަަހަށް ހަމަޖެހިގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

މިކަން ހާމަކުރައްވާ ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިއަދަކީ ކޮވިޑް-19އަށް މާލޭ ސިޓީގެ ފުރަތަަމަ ކޮވިޑް ކޭސްފެނި މާލޭ ސިޓީ އެއްކޮށް ލޮކްޑައުން ކުރެވުނުތާ އެއް އަހަރު ފުރޭ ދުވަސް ކަަމަށެއެވެ. 

އަދި އެދުވަހުން ފެށިގެން ދިރިއުޅުން އާއްމުު ހާލަތަަކަށް ދިޔުމުގެ އިންތިޒާރުގައި ތިބި މިދަނޑިވަޅުގައި، ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައިވާ މީހުންގެ ތެރެއިން ދެ ހަފްތާވެފައިވާ މީހުންނަށް ކަރަންޓީންއަކާއި ނުލާ މިނިވަންކަމާއިއެކު ވަރަށް އަވަހަށް ދަތުރުުކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމުގެ އުފާވެރި ހަބަރު ދޭ ކަމަށެއެވެ. 

މީގެ އިތުރުން ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައިވާ މީހުންނަށް ދެވޭނެ ލުއިތައް ވަރަށް އަވަހަށް އާއްމުކުރާނެ ކަމަށް ޑރ. ނަޒްލާވެސް ވަނީ ވިދާޅުވެފައެވެ. އަދި ދެ ޑޯޒް ފުރިހަމަ ކުރުމުން ކަރަންޓީންއަކާއި ނުލާ ދަތުރުކުރެވޭނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވެސް ވަނީ ވިދާޅުވެފައެވެ. 

އިއްޔެ މާލެ ސަރަހައްދުން ވެކްސިންގެ ދެވަނަ ޑޯޒު ޖެހީ 2،421 މީހެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި އަތޮޅު ތެރެއިން 1،180 މީހަކު ވެކްސިންގެ ދެވަނަ ޑޯޒު ޖެހި ކަމަށް އެޗްޕީއޭއިން ބުނެއެވެ. އެއީ ޖުމުލަ 3،601 މީހުނެވެ.

މިއާއެކު މުޅި ރާއްޖެއިން ޖުމްލަ 274،782 މީހަކު ވަނީ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައެވެ. އަދި ރާއްޖެއިން ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހީ 28،970 މީހެކެވެ.

ފެބްރުއައީ މަހުން ފެށިގެން ރާއްޖޭގައި ކޮވިޑް ވެކްސިން ދެމުން އަންނައިރު، ވެކްސިންގެ ދެވަނަ ޑޯޒު ދޭން ފަށާފައިވަނީ މިމަހުއެވެ. ކުރިން ހެނދުނު ވެކްސިން ދެމުން އައިނަމަވެސް، އަންގާރަ ދުވަހު ރަމްޟާން މަސް ފެށުމާއެކު، މިހާރު ވެކްސިން ދިނުމަށް ނިންމާފައިވަނީ ރޭނގަނޑު ވަގުތުގައެވެ.

އެގޮތުން މި ރަމްޟާން މަހު މާލެ ސަރަހައްދުގައި 21:00 އިން ފެށިގެން 23:45 އަކަށް ވެކްސިން ދިނުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް