ads
ތިންވަނަ ޑިވިޝަންގެ އެންމެ ފަހުގެ ޗެމްޕިއަން ރޮކް ސްޓްރީޓްސް
ކޮވިޑާ ހެދި ލަސްވި ތިންވަނަ ޑިވިޝަން މުބާރާތް އަންނަ ހަފުތާގައި
ކޮވިޑުގެ ހާލަތު ގޯސްވުމާއި ގުޅިގެން ލަސްކުރަން ޖެހުނު ތިންވަނަ ޑިވިޝަންގެ ފުޓްބޯޅަ މުބާރާތް އަންނަ ހަފުތާގައި ފަށަން އެފްއޭއެމުން ނިންމައިފިއެވެ. ތިންވަނަ ޑިވިޝަން ފަށާނީ ސާދަ ޓީމާ އެކުއެވެ.

އަންނަ އާދިއްތަ ދުވަހު ތިންވަނަ ޑިވިޝަން މުބާރާތް ސާދަ ޓީމާ އެކު ފަށަން ނިންމާފައިވާއިރު، މުބާރާތް އެންމެ ފުރަތަމަ ފަށަން މަސައްކަތް ކުރީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އޭރު އޮތް ގޮތުން ފަނަރަ ޓީމު މުބާރާތުގައި ބައިވެރިވާނެއެވެ. އެހެންނަމަވެސް ލިނޭޖް ސްޕޯޓްސް ކްލަބް މުބާރާތުން ވަކިވީއެވެ. އެހެންކަމުން ދެން މުބާރާތް ކުރިއަށްދާނީ ސާދަ ޓީމާ އެކުއެވެ.

އެފްއޭއެމުން ތިންވަނަ ޑިވިޝަންގެ ކުޅުން އަލުން މި ފަށަނީ ދެ އަހަރުގެ މެދުކެނޑުމަކަށް ފަހުއެވެ. އެންމެ ފަހުން ތިންވަނަ ޑިވިޝަން މުބާރާތް ބާއްވާފައިވަނީ ދެހާސް އަށާރަވަނަ އަހަރުއެވެ. އެ އަހަރުގެ މުބާރާތް ކާމިޔާބުކުރީ ކްލަބު ރޮކް ސްޓްރީޓްސް އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް