ads
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު--
ތައުލީމާއި ސިއްހަތައްވުރެ މަގު ހެދުމާއި ބަދަނރު އެޅުމަށް ކުރި ހަރަދު ބޮޑުވެއްޖެ!
ސިއްހަތައްވުރެ މަގުހެދުމާއި ބަދަނރު ހެދުމަށް ކުރި ހަރަދު ބޮޑުވެއްޖެކަމަށް ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަކުން ހާމަވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު އާންމުކުރާ ހަފްތާގެ މާލީ ތަފާސް ހިސާބުތަކުގައިވާ ގޮތުން ސިއްހީ ކަންކަމަށް އޭޕްރީމް 8 ވަނަ ދުވަހާއި ހަމައަށް ހަރަދުކޮށްފައިވަނީ  40.8 މިލިއަން ރުފިޔާއެވެ. އަދި ތައުލީމީ މުޅި ދާއިރާއަށް 44.2 މިލިއަން ރުފިޔާއެވެ. ސޯސަލް ޝާވިސްތަކަށް ހަރަދު  ކޮށްވައިވަނީ 8.5 މިލިއަން ރުފިޔާއެވެ. 

ނަމަވެސް އެ ތަފާސް ހިސާބުތައް ދައްކާގޮތުން ކޮންކުރީޓު ތައްރައްގީގެ މަޝްރޫތަކަށް ވަނީ މި ދާއިރާތަކަށް ވުރެ ބޮޑަން އިތުރަށް ހަރަދުކޮށްފައެވެ. އެގޮތުން ބަނދަރުތަކަށް މިހާތަނަށް 162.7 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. އަދި މަގުހެދުމާއި ބިން ހިއްކުމަށް 115.6 މިލިއަން އޭޕްރީލް 8 ވަނަ ދުވަހާއި ހަމައަށް ވަނީ ހަރަދު ކޮށްފައެވެ. 

ތައުލީމީ ދާއިރާއަށް ބަލާލާއިރު ޔުނިވާސިޓީތަކަށް 22.59 މިލިއަން ރުފިޔާ ދޫކުރަން ބަޖެޓުގައި ކަނޑައަޅާފައި އޮތް ނަމަވެސް އަދި މިހާތަނަށް ދޫކޮށްފައިވަނީ އެންމެ 0.6 މިލިއަން ރުފިޔާއެވެ. 

ސްކޫލުތަކަށް 340.66 ރުފިޔާ ދޫކުރުމަށް ކަނޑައަޅާފައިވާއިރު މިހާތަނަށް ދޫކޮށްފައިވަނީ 43.6 މިލއިަން ރުފިޔާއެވެ. 

މީގެ އިތުރުން ފެނާއި ނަރުދަމާއަށް 1,249.4 މިލިއަން ހަރަދު ކުރުަމަށް ނިންމާފައި ވީނަމަވެސް މިހާތަނަށް ހަރަދުކޮށްފައިވަނީ 94.1 މިލިއަން ރުފިޔާއެވެ. 

މަސްވެރިކަމާއި ދަނޑުވެރިކަމަށް 184.4 މިލިއަން ފުރިޔާ ހަރަދުކުރަން ބަޖެޓުގައި ޖަހާފައި އޮތްނަމަވެސް އަދި ހަރަދު ކޮށްފައިވަނީ 28.4 މިލިއަން ރުފިޔާއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް