ads
ރާއްޖެއަށް ފަތުރުވެރިން އައުން--
ކޮވިޑުގެ ކުރިން ފަތުރުވެރިން އައި އަދަދާ އެއްމިންވަރަކަށް ފަތުރުވެރިން އަންނަން ފަށައިފި
ކޮވިޑް 19 ގެ ކުރިން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރި މިންވަރާއި ގާތަށް މިހާރު ފަތުރުވެރިން ޒިޔާރަތް ކުރަން ފަށާފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ތަފާސް ހިސާބުން ދައްކާގޮތުގައި، 2021 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް މިއަހަރުގެ ތެރޭވަނީ ރާއްޖެއަށް 339،962 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ. މިދިޔަ 2020 ވަނަ އަހަރުގެ މުއްދަތުގައި ވެސް ފަތުރުވެރިން އައިސްފައިވަނީ ދާދި އެއްމިންވަރަކަށެވެ. އެގޮތުން މިދިޔަ އަހަަރުގެ ޖެނުއަރީ މަހުން ފެށިގެން މިދިޔަ އަހަރުގެ މާޗް މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް 382،762 ފަތުރުވެރިންވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ. 

ކޮވިޑް 19 ގެ ހާލަތު ގޯސްވުމުގެ ސަބަބުން، 27 މާޗް 2020 ގައި ރާއްޖޭގެ ބޯޑަރު ބަންދުކުރިއެވެ. އޭގެ ފަހުން ބޯޑަރުތައް ހުޅުވާލީ އެ އަހަރުގެ ޖުލައި 1 ވަނަ ދުވަހުއެވެ. އެއީ ގާތްގަނޑަކަށް ހަތަރު މަަހުގެ ލޮކްޑައުން އަކަށް ފަހުގައެވެ.

ޓުއަރިޒަމް މިނިސްޓަރު ޢަބްދުﷲ މައުސޫމް ވެސް ވަނީ ފަތުރުވެރިން ރާއްޖެ އަންނަ އަދަދު އިތުރުވަމުން ދާކަން ފާހަގަ ކުރައްވާފައެވެ. 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގައި 92،103 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ.  ފެބްރުއަރީ މަހުގައި 96،882 ފަތުރުވެރިން އެއެވެ. އަދި މާޗް މަހުގައި އައީ 109،585 ފަތުރުވެރިންނެވެ.

މި ހިނގާ އޭޕްރިލް މަހުގެ ފުރަތަމަ 12 ދުވަސް ތެރޭގައި ވަނީ 41,392 ފަތުރުވެރިން ރާއްޖެ އައިސްފައެވެ. 

ދިވެހިރާއްޖެ އަންނަ ފަތުރުވެރިންކަރަންޓީނު ވާން ނުޖެހޭގޮތައް ވަނީ ހަމަޖައްސާފައެވެ. ހަމައެކަނި ބޭނުންވާނީ ޕީސީއާރު ނެގެޓިވް ޓެސްޓެކެވެ. 

ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން އެންމެ ގިނއިން ރާއްޖެއަށް އަންނަނީ އިންޑިއާ ފަތުރުވެރިންނެވެ. އެއީ23 ޕަަސަންޓެވެ. އިންޑިއާއި އެންމެ ކައިރިން ވާދަކުރަނީ ރަޝި ރަޝިއާއެވެ. 

އަދި ޔޫކްރެއިން، ޖާމަނީ އަދި ޗައިނާގެ ފަތުރުވެރިން ވެސް ގިނަ އަދަދަަކަށް ރާއްޖެއަށް އާދެއެވެ. 

އާންމުކޮށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމު، ޗައިނާއިން ފަތުރުވެރިން އައުން މަދުވެފައިވަނީ އެގައުމުގައި ކޮވިޑް 19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުންކަމަށް ބެލެވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް