ads
ރިސޯޓު މުވައްޒަފުންތަކެއް--
ރިސޯޓް މުވައްޒަފުންނަށް ވެސް ކަރަންޓީން ނުވެ ރަށަށް ދެވޭނެ
ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމުން ރިސޯޓް މުވައްޒަފުންނަށް ވެސް ކަރަންޓީން ނުވެ ރަށަށް ދެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރީއިން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓަރީއިން މިއަދު ކޮށްފައިވާ ޓުވީޓެއްގައި ބުނެފައި ވަނީ ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް ފަހުގައި މީހުން ދިރިއުޅޭ ރަށްރަށަށް 14 ދުވަސް ފަހުން ކަރަންޓީނު ނުވެ ދެވޭނެ ކަމަށެވެ.

ނަމަވެސް އެމީހުން އެޗްޕީއޭއިން ކަނޑައަޅާފައިވާ ގަވައިދުތަކާ އުސޫލުތަކަށް އަމަލު ކުރަން ޖެހޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.

ކޮވިޑް-19 ގެ ވެކްސިންގެ ޑޯޒްތައް ހަމަވެފައިވާނަމަ ކަރަންޓީންވުމެއްނެތި ދަތުރުކުރުމަށް އެޗްޕީއޭއިން ހުއްދަ ދީފައި ވަނީ އިއްޔެ އެވެ.

އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނީ އާބާދީގެ 60 އިންސައްތަ މީހުންނަށް ކޮވިޑް-19 ގެ ވެކްސިންގެ ޑޯޒްތައް ހަމަވެފައިވާނަމަ، އެ ރަށަކަށް ކަރަންޓީނުނުވެ ދަތުރުކުރުމަށް މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން ވަނީ ހުޅުވާލާފައެވެ. 

އާބާދީގެ 60 އިންސައްތަ މީހުންނަށް ކޮވިޑް-19 ގެ ވެކްސިން ޑޯޒްތައް ހަމަވެފައިނުވާ ރަށަކަށް ނަމަ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް، ދެ ހަފުތާ ވެފައިވާ ފަރާތްތައް ކަރަންޓީނާނުލައި ދަތުރުކުރެވޭނެ ގޮތައް ވެސް ވަނީ ހަމަޖައްސާފައެވެ.  

އެޗްޕީއޭއިން ވަނީ އެފަދަ ފަރާތްތައް ކަރަންޓީނާނުލައި ދަތުރުކުރުމަށް ހުއްދަދިނުމުގައި އަމަލު ކުރާނީ ގޮތްތަކެއް ވެސް އާއްމުކޮށްފަ އެވެ. 

އެގޮތުން ރަށެއްގައި ބަލި އުޅޭ ނިސްބަތް ނުވަތަ ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް ފަސް އިންސައްތަ އަށްވުރެ މަތި ރަށަކުން އެނޫން ރަށަކަށް ދަތުރު ކުރާނަމަ ޕީސީއާރު ނެގެޓިވް ޓެސްޓާއެކު ދަތުރުކުރެވޭނެއެވެ. 

 ވެކްސިން ޖެހުމަށް ޝަރުތު ހަމަނުވާ ކުދީން މި ފަރާތްތަކާއެކު ދަތުރުކުރަން ޖެހޭނަމަ، ޕީސީއާރު ނެގެޓިވް ޓެސްޓެއް ބޭނުންވެއެވެ. އެހެންނަމަވެސް ކަރަންޓީން ވާކަށް ނުޖެހޭނެއެވެ.

މީގެ އިތުރުން ފަތުރުވެރީން ހިމެނޭގޮތަށް، ރާއްޖެއަށް އެތެރެވާ ފަރާތްތަކުން ވެކްސިންގެ ދެ (ދޭއް) ޑޯޒް ފުރިހަމަކޮށް، ދެ ހަފުތާ ވެފައިވާނަމަ، ވަކި ފަރާތްތަކެއް ރާއްޖެއަށް ދަތުރުކުރާއިރު ނެގެޓިވް ޕީސީއާރު އޮންނަން ނުޖެހުމާއި، ކަރަންޓީނުވާން ނުޖެހޭގޮތައް ވެސް ވަނީ ހަދާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް